ޖޮޓާގެ ހަނދާނުގައި 20 ނަމްބަރު ޖޯޒީ ދެން ބޭނުންނުކުރަން ލިވަޕޫލުން ނިންމައިފި ޖޮޓާގެ ހަނދާނުގައި 20 ނަމްބަރު ޖޯޒީ ދެން ބޭނުންނުކުރަން ލިވަޕޫލުން ނިންމައިފި

ލިވަޕޫލް (ޖުލައި 4) - ސްޕެއިނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، ލިވަޕޫލަށް ކުޅެމުން އަންނަ 28 އަހަރުގެ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ، މަރުވިއިރު، އޭނާގެ ހަނދާނުގައި، ލިވަޕޫލުން 20 ނަމްބަރު ޖޯޒީ ދެން ބޭނުންނުކުރަން ނިންމައިފި އެވެ.
ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި، ބުދަ ދުވަހުގެރޭ ދަންވަރު، ހިނގި މި އެކްސިޑެންޓްގައި ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާ ވެސް މަރުވި އެވެ. ބާރު ސްޕީޑުގައި ދުއްވާފަައިދިޔަ ލަމްބޯގިނީ ސްޕޯޓްސް، ކާރުގެ، ޓަޔަރުގައި އަލިފާން ރޯވެ، ހުޅުގަނޑު ފަޅައިގެންދިޔައީ އެވެ. ޖޮޓާ، އެކްސިޑެންޓެއްގައި މަރުވިއިރު، އޭނާ ކައިވެނި ކޮށްފައިވަނީ، މީގެ ދެ ހަފްތާ ކުރިން މިދިޔަ މަހުގަ އެވެ. އަދި ޖޮޓާގެ ތިން ދަރިން ތިބެ އެވެ.
ލިވަޕޫލުން ބުނީ، އެ ކްލަބަށް ޖޮޓާ ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމަށް ގިނަ ކަންކަން ކުރެވިގެންދާނެ ކަމަށެވެ. އެ ގޮތުން، 20 ނަމްބަރު ޖޯޒީ ދެން ބޭނުންނުުކުރާނެ ކަމަށެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޖޮޓާ ވަނީ ދާދި ފަހުން، ފުއްޕާމޭގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެހެންވެ، އޭނާ އަށް މި ވަގުތު ފްލަައިޓްގައި ދަތުރުނުކުރުމަށް ޑޮކްޓަރުން ލަފާ ދީފައި އޮތުމުން، މި ހަފްތާގައި ފަށާ ލިވަޕޫލްގެ ޕްރީ ސީޒަން ޕްރެކްޓިހާ ގުޅުމަށް އިންގްލެންޑަށް ދިއުމަށް ޖޮޓާ ނިންމާފައި އޮތީ، ސްޕެއިނުން އިންގްލެންޑް އަށް ދާ ފެރީއެއްގަ އެވެ. އެކަމަކު، އެ ދަތުރާ ހަމައަށް ނުގޮސް، ޖޮޓާ މި ވަނީ، އެކްސިޑެންޓްގައި މަރުވެފަ އެވެ.
މިދިޔަ އަަހަރުގެ އޮކްޓޫބަރު މަހު ޗެލްސާއާ އެކު ކުޅެނިކޮށް، ޖޮޓާ އަށް ލިބުނު އަނިޔާއަކާ ހެދި އޭނާ އަށް ދެ މަސް ދުވަހު ކުުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު، އޭނާ ފުއްޕާމޭ އޮޕަރޭޝަން ކުރީ ވެސް އެ އަނިޔާ އިން އެއްކޮށް ރަނގަޅުވުމަށެވެ. އޭރު އޭނާ ނިންމީ ސީޒަން ނިންމުމަށް ފަހު، އެ އޮޕަރޭޝަން ކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކާރު އެކްސިޑެންޓުގައި މަރުވި، ޖޮޓާގެ ކޮއްކޮ، އަންޑްރޭ، 24 އަކީ ޕޯޗުގަލް ދެ ވަނަ ޑިވިޝަނުގައި، ޕެނަފިއޭލް އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.
އެތުލެޓިކޯ މެޑްރިޑްގެ ކޮންޓްރެކްޓެއްގައި ހުރެ، ޕޯޓޯ އާއި ވުލްވްސް އަށް ކުޅުނު ޖޮޓާ، ވުލްވްސް އަށް އެއްކޮށް ބަދަލުވީ، 2018 ވަނަ އަހަރު އެވެ. އެ ޓީމު ގޮވައިގެން އިނގިރޭސި ޕްރިމިއާ ލީގަށް އައި ޖޮޓާ، 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވީ، 50 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އޭގެ ފަހުން، ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޮޓާ ވަނީ އެ ޓީމަށް 182 މެޗުން 65 ލަނޑު ޖަހައިދީ 26 ލަނޑު ޖަހައިދޭން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޖޮޓާ އަކީ މިދިޔަ މަހު، ޕޯޗުގަލް ގައުމީ ޓީމާ އެކު، ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި ޓީމުގެ ވެސް ކުޅުންތެރިއެކެވެ. އަދި، ޕޯޗުގަލް އިން 2019 ވަނަ އަހަރު ނޭޝަންސް ލީގު ކާމިޔާބުކުރިއިރު ވެސް ޖޮޓާ ވަނީ އެ ޓީމަށް ކުޅެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ