އަލް ހިލާލް ބަލިކޮށް ފުލުމިނެންސޭ ސެމީ ފައިނަލަށް

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވާލްޑް ކަޕްގެ ސެމީ ފައިނަލުން ބްރެޒިލްގެ ފުލުމިނެންސޭ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ފުލުމިނެންސޭ ޖާގަހޯދީ ކްއާޓާ ފައިނަލްގައި ސައުދީ ޕްރޯ ލީގަށް ނިސްބަތްވާ އަލް ހިލާލް އާއި ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެނެވެ. އޯލާންޑޯގެ ކޭމްޕިން ވާލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ހިލާލްއެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގައި އަލް ހިލާލްއަށް ފުލުމިނެންސޭގެ ޑިފެންސް ފޫއަޅުވާލުމުގައި އުނދަގޫ ތަކަކާއި ކުރިމަތިވިއެވެ. މިމެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށް މިމެޗުގެ ލީޑު ނަގާފައިވަނީ ފުލުމިނެންސޭއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާޓިނެއްލީއެވެ. މިލަނޑާއެކު މިމެޗުގެ ފުރަތަމަ ހާފު ފުލުމިމެންސޭ ކުރީގައި އޮވެގެން މެޗު ނިންމާލި ނަމަވެސް ދެވަނަ ހާފަށް ހިލާލް ނިކުތީ މެޗުން ނަތީޖާއެއް ނެރުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަ މިނެޓްގެ ތެރޭގައި މާކޯސް ލިއޮނާޑޯ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމާއެކު އަނެއްކާވެސް ހިލާލްގެ ފަރާތުން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ދެއްކި ކަހަލަ ކުޅުމެއް ފެނިގެން ހިނގައިދާނެކަމަށް ބެލެވިގެންދިޔައެވެ. ނަމަވެސް މިމެޗުގައި ހިލާލްއަށް ފުލުމިނެންސޭގެ ގޯލް މިމެޗުގައި އިތުރަށް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ މެޗުގެ 70 ވަނަ މިނެޓުގައި ހާކިއުލިސް ކާމިޔާބު ކޮށްދިން ލަނޑުން ފުލުމިނެންސޭ މިމެޗުގެ ލީޑު ނަގާ މެޗު ކާމިޔާބު ކުރި ތަނެވެ. މިމެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި އަލް ހިލާލްއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިކާމިޔާބީ އާއެކު ފުލުމިނެންސޭ މިމުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދާފައިވާއިރު މިއީ މިމުބާރާތް ފެށުމުގެ ކުރިން އެއްވެސް ފަރާތަކުން ކުރިން ހީކޮށްފައިވާގޮތެއް ނޫނެވެ. ގިނަ ބަޔަކު ގަބޫލްކުރީ މިމެޗުގައިވެސް ފެނިގެންދާނީ ޔޫރަޕްގެ ދެ ބާރުގެ ގޮތުގައި މިހާރު ބެލިފައިވާ އިންޓާ މިލާން އާއި މެންޗެސްޓާ ސިޓީ ކަމަށެވެ. ނަމަވެސް ފުލުމިނެންސޭ އާއި އަލް ހިލާލް އިން ވަނީ އެދެޓީމު ބަލިކޮށް މިއީ ޔޫރަޕަށް އެކަނި އޮތް މުބާރާތެއް ނޫންކަން ސާބިތު ކޮށްދީފައެވެ. ފުލުމިނެންސޭއިން މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ނަމަވެސް ބްރެޒިލްގެ ލީގުގައި އެޓީމަށް ނިމިދިޔަ ސީޒަންގައި އެންމެ ރަނގަޅު ކުޅުން ދެއްކިފައިނުވާކަން ފާހަގަވިއެވެ. އަދި ސީޒަން ނިންމާލީ ރެލިގޭޝަން ސަރަހައްދާއި ހަތަރު ޕޮއިންޓް މަތިން ލިބިގެންނެވެ. އަދި މިހާރު ކުރިއަށްދާ ބްރެޒިލްގެ ސީޒަންގައިވެސް އެޓީމު އޮތީ ލީގުގެ ހަ ވަނައިގައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުގައި އެންމެ ތިން ލަނޑު ބައިކޮޅަށް ވަދެފައިވާއިރު ކީޕާ ފާބިއޯގެ އުމުރުން މިހާރު 44 އެވެ. އަދި ޑިފެންދާ ތިއާގޯ ސިލްވާގެ އުމުރުން 40 އަހަރެވެ. މިއާއެކު މިދެ ކުޅުންތެރިންނަނީ މިމުބާރާތުގައި މިހާތަނަށް ވާދަކުރާ ދެވަނަ އަދި ތިންވަނައަށް އެންމެ ދުވަސްވީ ދެ ކުޅުންތެރިންނެވެ. މިއާއެކުވެސް މިދެކުޅުންތެރިންގެ ތަޖްރިބާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި މިމުބާރާތުގައި ޑިފެންސް ކުރުމުގައި ބޭނުން ކުރާތަން މިހާތަނަށް ވަނީ ފެނިގެން ގޮސްފައެވެ. އަދި ކްލަބް ވާލްޑް ކަޕްގެ ތައްޓާއި އެޓީމާއި ދެމެދެން ދެން އޮތީ ދެމެޗު ކަމުން ކުރިން ނުކުރާ އުންމީދުތަކެއް ކުރެވިގެންދިއުމަކީ ކުރެވޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ