170 ދަރިވަރުންނާ އެކު ކްލިކް ކޮލެޖުގެ މިއަހަރުގެ ގްރެޖުއޭޝަން ބާއްވައިފިއެވެ.
14 ދާއިރާއަކުން ދަރިވަރުންނަށް ސެޓްފިކެޓާއި ޑީގްރީ ހަވާލުކުރި މި ރަސްމިއްޔާތު ބާއްވާފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު އިސްލާމިކް ސެންޓަރުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު އެވެ.
ގްރެޖުއޭޝަން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކްލިކް ކޮލެޖު ހިންގުމާ ހަވާލުވެ ހުރި ޑރ.ނައުޝާދު މުހައްމަދު ވިދާޅުވީ ވިޔަފާރި ހިންގުމާއި ސިޔާސީ ދާއިރާގައި ކުރިއަށް ދިއުމަށް ގިނަފުރުސަތުތަކެއް ހުރި ކަމުގައިވި ނަމަވެސް، މަތީ ތައުލީމާއި ސަރުކާރު އަދި އަމިއްލަ ވިޔަފާރިތަކުގައި ދިގު މުއްދަތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި އެހީތެރިވުމަށް އިލްމީބައެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި މުޖުތަމައުުގައި ހުރި އެކިކަހަލަ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް މަސައްކަތްކުރެއްވުމަށް ދަރިވަރުންނަށް އިރުޝާދު ދެއްވި އެވެ.
ޑރ.ނައުޝާދު އިތުރަށް ވިދާޅުވިގޮތުގައި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި، އިގުތިސާދީ ކުރިއެރުންތަކުގެ ސަބަބުން އާންމު ވަޒީފާތައް ބަދަލުވަމުންދާތީ، ދަރިވަރުން ކުރިމަގުގައި ވަޒީފާއަށް ގާބިލު ބަޔަކަށް ވުމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
މި ހަފްލާގައިވަނީ ޔޫކޭގެ ޕްރޮގްރާމުގެ ދަށުން އެ ކޮލެޖްގައި ހިންގާ ކޯސް ތަކާއި މެލޭޝިއަން ޑިގްރީ ޕްރޮގްރާމް އަދި ކްލިކް ކޮލެޖްގެ ޕްރޮގްރާމުތައް ފުރިހަަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓް ދީފައެވެ
ޔޫކޭ ޕްރޮގްރާމުގެ ދަށުން ހިންގާ ސެޓްފިކެޓް ދެވުނު ކޯސްތައް؛
މެލޭޝިއަން ޑިގްރީ ޕްރޮގްރާމް؛
ކްލިކް ކޮލެޖުގެ ޕްރޮގްރާމުތައް؛
މި ރަސްމިއްޔާތުގައި އޭބީއީ އިންޓަނޭޝަނަލް އިމްތިހާނުގައި ދުނިޔޭގެ އެެހެން ދަރިވަރުންނާ ވާދަކޮށް ޓޮޕް ޕޭޕަރ ޕްރައިޒް ހޯދި ދަރިވަަރުންނަށް ކްލިކް ކޮލެޖުން މެޑެލްހަވާލުކުރިއެވެ.
ހާއްސަ އިނާމުތަކުގެ ތެރެއިން، ދަރިވަރުންނާ އެކު މަސައްކަތްތަކުގައި އުޅުމުގެ ސަބަބުން އަގުވަޒަން ކުރުމުގެ ގޮތުން އިނާމެއް އަރުވާފައިވާއިރު، ލީޑާޝިޕް އެވޯޑެއްވެސް ވަނީ އަރުވާފަ އެވެ. އަދި އެންމެ ރަނގަޅު ލެކްޗަރާއިންނަށް ދޭ އެވޯޑު މިއަހަރުވަނީ ދެފަރާތަކަށް އަރުވައިފަ އެވެ
މި ރަސްމިއްޔާތުގައި އެ ކޮލެޖުން ވަނީ އޮންލައިންކޮށް ކިޔެވޭގޮތަށް ބްލެންޑެޑް މޯޑަލިޓީގައި އެމްބީއޭ ޕްރޮގްރާމެއް ފަށާކަން އިއުލާނުކޮށްފަ އެވެ. މި ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމަކީ އެމްކިއުއޭ އިން ހުއްދަ ލިބިފައިވާ ޕްރޮގްރާމެއް ކަމަށް އެ ކޮލެޖުން ބުނެފައިވެއެވެ.
ކްލިކް ކޮލެޖުން މިހާރުވަނީ ޖުލައި އިންޓޭކަށް އެޕްލިކޭޝަން ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2025 އެވެ.
https://vnews.mv/156591
މަގުބޫލު ލިޔުންތައް އެންމެ ފުރަތަމަ އަހަރެން ހީކުރީ އަހަރެންވެސް މި މަރުވަނީކަމަށް: ފްލައިޓުން ސަލާމަތްވި ހަމައެކަނި މީހާ އެކްޓްރެސް ޝެފާލީ ޖަރިވަލާ ކުއްލިގޮތަކަށް މަރުވެއްޖެ ހަނީމޫނަށް ކާޖަލް ރާއްޖެއަށް ކުރި ދަތުރުން ބޮޑު ސަޕްރައިޒެއް! މި އަހަރުގެ އީދު ކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ