ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ)ގެ އައު ޓަރމިނަލްގެ ބެގޭޖް ހޭންޑްލިންގައި ބޭނުންކުރާނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުންވެސް އެކަމަށް ބޭނުންކުރާ ޓެކްނޮލޮޖީކަމަށް، ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ ހެޑް، ޗީފް އިންސްޕެކްޓަރ އެވްސެކް އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައު ޓަރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ސިލްސިލާކޮށް ގެނެސްދެމުން އަންނަ ވީޑިއޯ ސެގްމަންޓުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އާ ޓާމިނަލުގައި ގާއިމުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމް (ބީ.އެޗް.އެސް) އަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ ވަރަށް ފުރިހަމަ ސެކިއުރިޓީ މިންގަނޑުތައް އެކުލެވިގެންވާ ސިސްޓަމެއް ކަމަށެވެ.
އެގޮތުން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ސަލާމަތީ ގޮތުން ފުރިހަމަ ހިދުމަތްތެއް ފޯރުކޮށްދެވުމަކީ ދުނިޔޭގެ ކަންކޮޅު ތަކުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުމުގައި ހިތްހަމަޖެހުން ލިބިގެންދާނެކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އޭވިއޭޝަން ސެކިޔުރިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހައިސިއްޔަތުން މިހާރު ހުޅުވާ ޓާމިނަލް ތެރޭގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ މިންގަނޑުތަކަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަރަށް ފުރިހަމަ މިންގަނޑުތަކެއް
ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އައު ޓާމިނަލުގެ ސަބަބުން އެތައް ގޮތަކުން ރާއްޖެއަކީ އުފާވެރިކަން ގެނެސްދޭނެ ތަނަކަށްވެގެންދާނެ ކަމަށެވެ. ޓާމިނަލް އާއެކު ރާއްޖެ އަންނަން ބޭނުންވާ ގިނަ އެއަރލައިންތަކަށް އިތުރަށް ޖާގަ ލިބިގެންދިއުމުގެ ފުރުސަތު ބޮޑުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ޖުލައިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، މައިގަނޑު ގޮތެއްގައި ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ތަމްރީނު ޕްރޮގްރާމްތަކާއި އަހުލުވެރިވުމުގެ ކަންތައްތަކެވެ.
އައު ޓާމިނަލްގެ ބެގޭޖް ހޭންޑްލިންގައި ބޭނުންކުރަނީ، ކުރިއަރާފައިވާ ޤައުމުތަކުންވެސް ބޭނުންކުރާ ޓެކްނޮލޮޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ