ތުނބުޅިއެއް ބަހައްޓާފައި އަރަބި ވައްތަރު ހެދުން ލުމަކީ އަދި ދީނީ އިލްމުވެރިއަކަށްވުން ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ޔޯގާއަކީ ހަރާމްކަމެއް ކަމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ދެކިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ޕްރެޒެންޓަރު ސުވާލުކުރުމުން މައުމޫން ވަނީ, ދީނީ އިލްމުވެރިއެއް ކަމަށް ނިންމަނީ އަމިއްލައަށްތޯ އާއި އެކަން ނިންމާ ފަރާތަކީ ކޮބައިތޯ ސުވާލު އުފައްދައިފަ އެވެ.
މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ދީނީ އިލްމު ހާސިލުކުރައްވައިގެން ހުންނެވި މައުމޫން ވިދާޅުވީ, އެ މަނިކުފާނުގެ ވެރިކަމުގައި ދީނީ އެއްބައިވަންތަކަން ރައްކާތެރިކުރުމާބެހޭ ގާނޫނެއް ހެއްދެވި ކަމަށާއި އެ ގާނޫނުގައި ދީނީ އިލްމުވެރިއަކަށް ވާނީ ސަރުކާރު ގަބޫލުކުރާ އިސްލާމިކް ޔުނިވާސިޓީއަކުން ނުވަތަ ކޮލެޖަކުން މަތީ ފާސް ހޯދައިގެން އަންނަ މީހުން ކަމަށް ކަނޑައަޅާފައި އޮންނާނެ ކަމަށެވެ.
އެހެންކަމުން ހަމަ ހުރެފައި ނުކުމެ, ދީނީ ވާހަކަދައްކަން ފެށުމަކީ އަދި ދީނީ އިލްމުވެރިއަކަށްވުން ނޫން ކަމަށް ވިދާޅުވި އެވެ.
“ކޮންމެވެސް ޔުނިވާސިޓީއަކުން ކިޔަވާލާފަ, އެއް އަހަރު ދެ އަހަރު ކިޔަވާލާފަ މަންޒަރަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފަ, ތުނބުޅިއެއް ބަހައްޓާފަ, ދީނީ ވައްތަރުގެ މި ބުނީ އަރަބި ވައްތަރުގެ ހެދުމެއް އެޅުމަކީ އެއީ ދީނީ އިލްމުވެރިއަކަށްވީތޯ? އެއީ ދީނީ އިލްމުވެރިއަކަށްވީކީ ނޫނޭ,” ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.
ތުނބުޅި ބަހައްޓާފައި, އަރަބި ވައްތަރު ހެދުން ލިޔަސް އަދި ދީނީ އިލްމުވެރިއަކަށް ނުވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ