އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުން މިއަދު މިހުރީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުން ކަމަށް ބުނެވޭކަށް ނެތެވެ. އެހެނީ މުސްލިމުންނަކީ އެއްވެސް މީހަކާއި އެއްފެންވަރުގައި ދިރިއުޅެން މަސައްކަތްކުރަންޖެހޭ ބައެއް ނޫނެވެ. ތަޤްވާވެރިކަމުގައި ނޫނީ ވާދަކުރުން ހުއްދަބައެއްވެސް ނޫނެވެ. ވީމާ ވިސްނައި އަޑުއަހާށެވެ!
މިހާރަކަށް އައިސް މުސްލިމުންގެތެރެއިންވެސް ގިނަ ބައަކު ބޭނުންވަނީ ދެއްކުންތެރިއަކަށްވާށެވެ! ކޮންމެ ކަމަކަށް އައު ހެދުމަކާއި އައު ފައިވާނެއް ބޭނުންވެއެވެ. ކިތަންމެ ގިނަ ސެންޓެއް އަތުގައި ހުރިނަމަވެސް ހިތެއް ނުފުރެއެވެ. އަބަދުވެސް އޮންނަނީ އައު ސެންޓެއް ބޭނުންވެފައެވެ. އަނެކާ ޖަހައިގެން ހުންނަ ސެންޓުގައި މާމީރުވަސް ދުވައިފައެވެ.
ލޮބުވެތި އަޚުތުންނޭވެ! މިނުބައި ޢާދަތައް ހިފާފައިވަނީ ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންގެ ކިބައިގައެވެ. ފިރިހެނުންގެ ތެރޭގައިވެސް އެފަދަ މީހުން އެބަތިއްބެވެ. ނަމަވެސް މިކަން ބޮޑުވެފައިވަނީ އަނހެނުންގެ ތެރޭގައެވެ.
މިއީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. މުސްލިމުންނަކީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާ މިންވަރަށް ފުދެން ޖެހޭނެ ބައެކެވެ. ފުދުންތެރި ދިރިއުޅުމެއް ނުއުޅޭ މީހަކަށް ދިރިއުޅުމުގައި ކުރިއެރުމާއި ކާމިޔާބު ނުލިބެނީ އެފަދަ ދިރިއުޅުމަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާތީއެވެ!
މީހާ ކަޓު މީހަކަށްވަނީ ކޮންމެ ކަމަކަށް އައު ހެދުމެއް ނުލުމަކުންނޫނެވެ. އަލަސް ނުކުނަންހައި ފެޝަންތަކުގެ ހެދުން ލައި އަގުބޮޑު ގަހަނާ ނުއެޅުމަކުން ނޫނެވެ. ޙަޤީޤަތުގައި ކަޓު މީހަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެން ނުއެނގޭ މީހާއެވެ!
ކޮންމެ މީހަކު ހުދުހެދުން ނުތަ ކަޅުހެދުން ނުވަތަ ވަކިކުލައަކުން ހެދުންލާން ބުނަނީއެއް ނޫނެވެ. ނަމަވެސް ފިރިހެނުން ހުދު ހެދުންލާފައި އަންހެނުން ކަޅުހެދުންލާނަމަ އެމީހުން ލައިގެން ތިބޭ ހެދުމުގެ އައުބައުމިނެއް ނުއެނގޭނެއެވެ. ކޮންމެ ކަމަކަށް އައުހެދުމެއް ހޯދަން ވިސްނާކަށްވެސް ނުޖެހޭނެއެވެ. ވީމާ މިއީވެސް މިމައްސަލަ ޙައްލުކުރެވެން އޮތް މަގެކެވެ.
ތިބާ އަތުގައި އޮތީ އެންމެ 4، 5 ހެދުން ކަމުގައިވެސްވެދާނެއެވެ. އަވަށްޓެރިޔާގެ އަތުގައި 400 ހެދުން އޮވެދާނެއެވެ. ހޯދިގޮތެއް އެނގޭނީ އެމީހަކަށެވެ. އެއީ އެއްގޮތަކަށްވެސް ވިސްނަންވެސް ޖެހޭނެ ކަމެއް ނޫނެވެ! ތިމާއަށް ﷲ ތަޢާލާ ދެއްވެވި 4 ހެދުމަށް ފުދިގެން ހުންނާށެވެ! އެ 4 ހެދުން ށާފުތާހިރުކޮށްގެން ލައިހަދާށެވެ!
އަންހެނުންނަށް ނުވަތަ ފިރިހެނުންނަށް ދައްކަން ކޮންމެހެން ހެދުން ގިނަކުރާކަށް ނުޖެހެއެވެ! ސަމާލުކަން ބޭނުންވަނީ ހެދުމަކަށް ނޫނެވެ. އިންސާނާގެ ރިވެތި އަޚްލާޤަށެވެ. އެންމެ މުހިންމު ކަމަކީ ތަޤްވާވެރިކަމުގައި ކުރިއަރައިދިއުމެވެ!
ލާހެދުމާއި އަޅާ ގަހަނާއާއި ޖަހާ ސެންޓާއި ކުރާ މޭކަޕާއި އެނޫންވެސް ބޭރުފުށުގެ ޒީނަތްތެރިކަމަށް ހޯދާ ސަމާލުކަމުން ލިބޭނީ ހަމަ އަނިޔާއެވެ. އުފާވެރިކަން ލިބޭނީ ދީންވެރިކަމާއި ތަޤްވާވެރިކަން ކުރިއަށް ނެރުމުންނެވެ! އަކްލާޤް ރިވެތިކަމުގެ ނަމޫނާ ދައްކައިގެންނެވެ.
ޒިންމާދާރުވާށެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުވާށެވެ! އެކަމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ފުރިހަމައަށް ކުރަމުން ގެންދާށެވެ! ލިބޭ މިންވަރަށް ފުދޭށެވެ! އެއިރުން ކަންބޮޑުވާންޖެހޭ ކަމެއް ކުރިމައްޗެއް ނުވާނެއެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން
ތިއަ ކަނބަލުން ލާ ހެދުމާ ޖަހާ ސެންޓާ އަޅާ ގަހަނާފަދަ ބޭރުފުށުގެ ޒީނަތްތެރިކަމަށް ހޯދާ ސަމާލުކަމުން ލިބޭނީ އަނިޔާ!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ