ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވަނީ ޕީޕީއެމް އާއި ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ނަގައިގެން ކައިފައިކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ތުހުމަތު ކުރަށްވައިފިއެވެ.
ފަލާހް މި ތުހުމަތު ކުރެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަން ކޮމިޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ފަލާޙް ވިދާޅުވީ، ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން ލިބުނުފައިސާ އާއި އެކިއެކި މަސައްކަތްކުރަން ލިބުނު ފައިސާ އަދި އަމިއްލަ ވިޔަފާރިވެރިންނާއި އެނޫން ވެސް ފަރާތްތަކުން ދިން ވަރަށް ގިނަ އެހީތަކަށް ވީގޮތް ސާފުވެެގެން ދިޔައީ މީގެ އަހަރެއްހާ ދުވަސްކުރިން، އޭރު ރައީސަކަށް ހުންނެވި ޔާމީންގެ މައްސަލަތަކެއް ފެންމަތިވި ހިސާބުން، އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގެންފަހުން ކަމަށެވެ.
''އަޅުގަނޑުމެން ޚިޔާލަށް ވެސް ނާދޭ އެމްއެމްޕީއާރުސީގެ ވައްކަމޭ ކިޔާ ވައްކަމެއް އެމަނިކުފާނުގެ ސަރުކާރުގައި ހިންގި ކަމެއް، އެހެންނަމަވެސް ބޮޑު ލިސްޓެއް ނުކުތްއިރު އަޅުގަނޑުމެންގެ ނަން ވެސް އޮތް، މި މައްސަލަތަކަކީ ވަރަށް ބޮޑަށް މި މަޖިލީހުގައި ވަކާލާތުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ މައްސަލަތައް، ނަން ކިޔަންޖެހޭ ސަބަބަކީ އޭރުގެ ރައީސަކީ ކާކުކަމެއް ސާފެއް ނުވޭ'' ފަލާހް ވިދާޅުވިއެވެ.
ފަލާހް ވަނީ ބަހުސްގައި ބައެއް މެންބަރުން ކުރީގެ ރައީސޭ ވިދާޅުވާތީ އެއީ ކޮން ރައީސެއްކަން ސާފުވާހެން ވިދާޅުވުމަށް ދަންނަވާފައެވެ. އަދި ފަލާޙް ދައްކަވަމުން ގެންދަވަނީ ކުރީގެ ރައީސް ޔާމީންގެ ވާހަކަކަމަށް ވިދާޅުވިއެވެ.
''ރައީސް ޔާމީން ވަނީ ޕީޕީއެމް އަށް ވެސް ޕީއެންސީއަށް ވެސް ލިބުނު ފައިސާގެ 90 އިންސައްތަ ނަގައިގެން ވަގަށް ކައިފަވީ އިއްޒަތްތެރި ރައީސް'' ފަލާހް ވިދާޅުވިއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ނަގައިގެން ކައިފައި: ފަލާހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ