އެމްޕީއެލް ސީއީއޯއަކަށް ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ރިޝްވާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މަގާމަށް މުހައްމަދު ރިޝްވާން ހަމަޖައްސައިފި އެވެ.ރިޝްވާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ރިޝްވާން ފުރުއްވި އެވެ.އެމްޕީއެލްގެ އެމްޑީގެ މަގާމުގައި ހުރި މުހައްމަދު ވަޖީހު އިބްރާހީމް މިދިޔަ އާދީއްތަ ދުވަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ވަޖީހު މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެ އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރީ ނޮވެމްބަރު 28، 2023، ގަ އެވެ.ވަޖީހު މަގާމުން ވަކިކުރިއިރު، އޭނާ އަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ