މާދަމާ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް މާލޭގެ 24 މަގު ބަންދު މާދަމާ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް މާލޭގެ 24 މަގު ބަންދު

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމަށް މާދަމާ ހެނދުނު ބާއްވާ ޖަލްސާއާ ގުޅިގެން މަޖިލިސް ވަށައިގެންވާ ސަރަހައްދުގެ 24 މަގެއް ބަންދު ކުރަން ފުލުހުން ނިންމައި، އެ މަގުތައް އާންމުކޮށްފި އެވެ.
އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ މާދަމާގެ ޖަލްސާއާ ގުޅިގެން މަޖިލީހުގެ ވަށައިގެންވާ މަގުތަކުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
ފުލުހުންގެ ޕޯސްޓާއެކު އާންމު ކުރި ފޮޓޯގައި ވާގޮތުން، މާދަމާގެ ޖަލްސާ ކުރިއަށް ދާ ވަގުތު ހެންވޭރުގެ ބޮޑު ސަރަހައްދެއް އެއްކޮށް ބަންދުވާނެ އެވެ.
އެގޮތުން ޖުމްހޫރީ މައިދާނާ ހަމައިން އަމީރު މަގު، މަޖީދިއްޔާ ސްކޫލާ ހަމައަށް ބަންދު ކުރާއިރު، މެދުޒިޔާރަތް މަގު ވެސް ސޯސަން މަގުން ފެށިގެން ގޮސް ސިފައިންގެއާ ހަމައަށް ބަންދުވާނެ އެވެ. އޭގެއިތުރުން މަޖިލީހުގެ ފުރަގަހުން އޮންނަ ހިތަށް ފިނިވާ މަގާއި މަގުތަކަށް ވަދެވޭ ހުރިހާ މަގުތަކެއް މާދަން ބަންދުވާނެ އެވެ.
ހެންވޭރުގެ ބޮޑު ބައެއް ބަންދު ކުރަން ފުލުހުން ނިންމާފައި މިވަނީ މާދަމާގެ ޖަލްސާ އަޑުއަހަން އިދިކޮޅު އެމްޑީޕީގެ އާންމު މެންބަރުން އެ ސަރަހައްދަށް އެއްވާން ނިންމާފައި ވަނިކޮށެވެ.
މީގެ ކުރިން، މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާއާ ގުޅިގެން ވެސް މިފަހަރު ބަންދު ކުރަން ނިންމާފައިވާހައި ބޮޑު ސަރަހައްދެއް ބަންދެއް ނުކުރެ އެވެ. މާދަމާގެ ޖަލްސާއާ ގުޅިގެން ސެކިއުރިޓީ ވަރުގަދަ ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ