އެމެރިކާއިން ޣާޒާ ހިފައި، އެމެރިކާގެ ބާރުގެ ދަށަށް ގެނެސް މީހުން ހުސްކޮށް، އެމެރިކާގެ ބަޔަކަށް ހެދުމަށް ޓްރަމްޕް ނިންމުމުން، މުއިއްޒުގެ ލާދީނީ ސަރުކާރުން އެކަން ކުށްވެރިއެއް ނުކުރި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، ފަލަސްތީނުގެ މީހުން އެހެން ތަނަކަށް ބަދަލުކުރުމަށްފަހު، އެމެރިކާއިން ޣައްޒާ “އަމިއްލަ ބާރުގެ ދަށަށް” ގެންނާނެ ކަމަށާއި، އަދި އެ ސަރަހައްދު “މެޑިޓަރޭނިއަންގެ ރިވިއެރާ އަކަށް” ބަދަލުކުރެވިދާނެ ކަމަށެވެ.
ޣާޒާ އެމެރިކާއިން ހިފައި، އެމެރިކާގެ ބާރުގެ ދަށަށް ގެނެސް މީހުން ހުސްކޮށް، އެމެރިކާގެ ބަޔަކަށް ހެދުމަށް ޓްރަމްޕް މި ގޮތުން ނިންމުމުން، ރައީސް މުއިއްޒުގެ ލާދީނީ ސަރުކާރުން އެކަން ކުށްވެރިއެއް ނުކުރިއެވެ.
އިޒްރޭލު-ފަލަސްތީނު ހަމަނުޖެހުމާ މެދު އެމެރިކާ ގެންގުޅެމުން އައި އެތައް އަހަރެއްގެ ސިޔާސަތު ބަދަލުކުރަމުން، މިއަދު ދުވަހު ކުރެއްވި ޚައިރާން ކުރުވަނިވި އިއުލާނެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ސަރުކާރުން އެ ސަރަހައްދު ހިފައި އެ ސަރަހައްދު ތަރައްގީކުރާނެ ކަމަށެވެ.
“އަޅުގަނޑުމެން ޣައްޒާ ސްޓްރިޕް އަތުލައި، އެތަން މިލްކުކުރާނަން،” އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާއެކު ބޭއްވި މަޝްވަރާތަކަކަށްފަހު ވައިޓް ހައުސްގައި ޓްރަމްޕް ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ އޭނާގެ ސަރުކާރުން ވީރާނާވެފައިވާ އިމާރާތްތައް ސާފުކުރުމާއި “ނުރައްކާތެރި ނުގޮއްސާ ހުރި ބޮންތަކާއި އެހެނިހެން ހަތިޔާރުތައް” ނައްތާލުމުގެ ޒިންމާ ނަގާނެ ކަމަށެވެ.
ހަމާސްއިން މި ހުށަހެޅުން ވަނީ ކުށްވެރިކޮށް، އަދި އެއީ “އެ ސަރަހައްދުގައި ހަމަނުޖެހުމާއި ގޮންޖެހުން އުފެއްދުމުގެ ރެސިޕީއެއް” ގެ ގޮތުގައި އެކަން ސިފަކޮށްފައެވެ.
“ޣައްޒާ ސްޓްރިޕްގައި ތިބި އަޅުގަނޑުމެންގެ ރައްޔިތުން މި ރޭވުންތައް ކުރިއަށް ދާކަށް ނުދޭނެ،” އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ކުޑަކުދިން ހިމެނޭހެން 40،000 ވުރެ ގިނަ މުސްލިމުން މަރާފައިވާ ގަތުލުއާންމެއް ނިންމާލީ، އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމުގެ ވައުދުވެ، އެކަން ނުކޮށް ފިލައިގެން އުޅެއެވެ. މުއިއްޒަކީ މުސްލިމުންނާއި މެދު އެއްވެސް އޯގާތެރި ކަމެއް ނެތި، އިސްލާމީ އުއްމަތަށް އަނިޔާވެރިވި 100 އިންސައްތަ މުސްލިމް ޤައުމެއްގައި ހުރި ވެރިއެކެވެ. މިއީ ދިވެހި ކޮންމެ ރައްޔިތެއްގެ ނަމުގައި ޖެހިގެން ދިޔަ ބޮޑު ލައްގަނޑެކެވެ.
100 އިސްލާމީ އިލްމު ވެރިންނާއި، ސަލަފު ވެސް އޮތީ އެމެރިކާގެ އަތް ދަށަށް ފަލަސްތީނުގެ ޣާޒީގެ ބިންތައް ދިޔުމަށް ހިތުން ރުހުމުން އެދިގެންނެވެ. ފަލަސްތީނުގެ މުސްލިމުން ދިފާޢުގައި ބަހެއް ބުނެ ނުލާތާ، އެމެރީގެ މިލްކަކަށް ޣާޒާ ހެދުމަށް ނިންމުމުންވެސް މިއިން މީހަކަށް މާތްﷲ މާތް ކުރެއްވި އިސްލާމުންގެ މަސްޖިދުލް އަޤްޞާ އިން ބިމުގެ ހައްޤުގައި އާއި، އެތައް ހާސް ބަޔަކު ލެޔާއި ތައްތޮޅިގެން ނިމިގެން ދިޔައިރު އެފަރާތްތަކުގެ ހައްޤުގައި ޣާޒާ ނުހިފުމަށް ފާޅުގައި ގޮވާލާކަށް ނުކެރުނެވެ. މިހާ ފިނޑި ބަޔަކު އިސްލާމީ އިލްމު ވެރިންގެ ގޮތުގައި ދުނިޔެ ދެކެފައި އަދި ނުވާނެއެވެ. އަދި ދައުލަތެއްގައި ލާދީނީ ސިފަ މިއަށްވުރެ ބޮޑަށް ވަކި ޖެހޭނެތޯއެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ