މަޝްއަރު ކުންފުނީގެ ވެރިޔާ އަށް މަނީލޯންޑަރިންގެ ދައުވާ ކޮށްފި

މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫފުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެ ކުންފުނީގެ ވެރިޔާ މ. ހަވީރީފިނި އަލީ ފާރިޝްގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުގައި ދައުވާކޮށްފި އެވެ.ފާރިސްގެ މައްޗަށް ދައުލަތުން ވަނީ ޓެކުމުގެ ކުށުގެ ހަ ދައުވާއަކާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެއް އުފުލާފަ އެވެ.ޓެކުމުގެ ކުށުގެ ދައުވާ ކުރީ ފާރިޝްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މަޝްއަރު ކުންފުނިން އުމްރާއަށް މީހުން ގެންދިޔައީ ހުއްދަ ނުދެނީސް އެކި މީހުން ގާތުގައި އެ ކުންފުނިން އުމްރާ އަށް ގެންގޮސްދިން މައްސަލާގަ އެވެ.ދިވެހި ފައިސާއާއި ޑޮލަރު ނެގުމަށް ފަހު، އެ މީހުން އުމްރާ އަށް ގެންގޮސްފައި ނުވާއިރު އެ ފައިސާ ވެސް އަނބުރައި ރައްދު ކޮށްފައި ނުވުމަކީ ވެސް ޕީޖީން ބުނިގޮތުގައި ދައުވާކުރި އެއް ސަބަބެވެ.ފާރިޝް ހިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072ރ. އެވެ. އެ ފައިސާ ދެއްކި މީހުންނަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފާރިޝް އަތުން އެ ފައިސާ ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ