ޔޫއޭއީގެ ސަފީރަކަށް މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ގަތަރުގެ ސަފީރަކަށް ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ތޯރިގާއި އާދަމް ޝަރީފް، ސަފީރުކަމަށް ހަމަޖެއްސުމާ މެދު ގޮތެއް ނިންމަން ރައީސް ފޮނުއްވި ސިޓީ އިއްވުމަށްފަހު ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
އެނގުން މުހިންމު - މިދިޔަ މަހުގެ ތެރޭގައި ރައީސް މުއިއްޒު އަންގަވައިގެން އިސްތިއުފާދެއްވި މިނިސްޓަރުންގެ ތެރޭގައި ތޯރިގާއި އާދަމް ޝަރީފް ވެސް ހިމެނެ އެވެ.
އެއްފަހަރާ ގިނަ މިނިސްޓަރުންތަކަކަށް އިސްތިއުފާ ދެއްވަން ރައީސް އެންގެވީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ ވިދިގެންނެވެ.
މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ތޯރިގާއި އާދަމް ޝަރީފް މިހާރު ތިއްބެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.
ޔޫއޭއީ ސަފީރަކަށް ތޯރިގު، ގަތަރަށް އާދަމް ޝަރީފް އައްޔަންކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ