ދިރާގުގެ "ބޮޑު އީދަށް ރިސޯޓަށް" ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

ފިތުރު އީދަށް ހާއްސަކޮށް ދިރާގުން ފެށި 'ބޮޑު އީދަށް ރިސޯޓަށް' ޕްރޮމޯޝަންގެ ފުރަތަމަ
ނަސީބުވެރިޔާ އިއުލާންކޮށްފި އެވެ.
އެއީ ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، ބޮޑު
އީދަށް ރިސޯޓް ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭ ހާއްސަ
ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގެ ދަށުން ދޭ 1،000 ޑޮލަރުގެ ރިޒޯޓް ޗުއްޓީ ޕެކޭޖް ލިބުނު ފުރަތަމަ ނަސީބުވެރިއަކީ ޔޭ ލިން ޓުޓް ނަމަކަށް ކިޔާ މީހެކެވެ. 
އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ޕްރޮމޯޝަނަށް އެންރޯލް ކުރެވޭނީ 100ރ. އިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރުމަށްފަހު، ދިރާގު އެޕް މެދުވެރިކޮށް، "ބޮޑު އީދަށް ރިސޯޓަށް" ބެނާއަށް ފިއްތާލައިގެންނެވެ.
އެ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވާނެ އެވެ. އަދި ޕްރޮމޯޝަނުގައި ޖުމްލަ ތިން ނަސީބުވެރިއަކު ހޮވުމަށްފަހު އެ ތިން ކަސްޓަމަރުންނަށް 1،000 ޑޮލަރުގެ އަގުހުރި ރިސޯޓު ދަތުރު ދޭނެ އެވެ. 
އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ