ކަރަންޓު އުފެއްދުމަށް ހުރިހާ ޕަމްޕު ސްޓޭނެއްގައިވެސް ސޯލާ ހަރުކުރަނީ!

ޕަމްޕު ތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ހުރިހާ ޕަމްޕު ސްޓޭނެއްގައިވެސް ސޯލާ ހަރުކުރައްވާނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
ފުރަތަމަ އޮޑަރ ކޮންޓްރޯލް ސިސްޓަމް ބަހައްޓައި އައިޖީއެމްއެޗް ހޮސްޕިޓަލް ކައިރީގައި ހުންނަ ހަތަރު ނަންބަރު ޕަމްޕް ސްޓޭޝަން ވަނީ އެމްޑީ އިފްތިތާހުކޮށް ދެއްވާފައެވެ. ބައްދަލުވުމުގައި މަތީން ވިދާޅުވީ މާލޭގެ ބައެއް ޕަމްޕް ސްޓޭޝަންތައް ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަމަށެވެ. މާލޭގެ އިމާރާތްތައް ހުންނަ ގޮތުން ޕަމްޕު ތަކުގައި ވެންޓިލޭޝަންގެ ތެރެއިން ޖައްވު ތެރެއަށް ދާ ވައިގައި ވަސް ހުރުމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވެ ރައްޔިތުންގެ ފަރާތުން އެޝަކުވާ ލިބެމުންދާ ކަމަށް އެމްޑީ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރ ފެށުމާއިއެކު ޕަމްޕު ސްޓޭޝަންތަކަކީ އާންމު ރައްޔިތުންނަށް އުނދަގޫނުވާނެ ތަނަކަށް ހެދުމަށާއި އަދި ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދުމަށް އެމަނިކުފާޏު އިރުޝާދު ދެއްވާފައިވާ ކަމަށް މަތީން ވިދާޅުވިއެވެ. އެމްޑަމްލިއުއެސްސީގެ ރިސާޗް އެންޑް ޑެވެލޮޕްމެންޓު ޓީމާއި އިންޖިނިއަރިން ޓީމު ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ ޒަމާނީ ވަސޯލަތެއް ބޭނުންކުރަން ފަށާފައި ކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ ކުރިން ބޭނުންކުރި މެކޭނިކަލް ސިސްޓަމްގެ ވެންޓިލޭޝަން ރަނގަޅުކުރުމަށް ސިސްޓަމްގައި ހުންނަ ވައި ހޮޅި ފިލްޓަރޭޝަން ނިޒާމަކަށް ބަދަލުކޮށްފައި ވާކަމަށެވެ. އޭގެ ސަބަބުން އެސަރަހައްދުގެ 99 އިންސައްތަ ވައި ރަނގަޅުވާނެ ކަމަށާއި އެހެންކަމުން އެ ސަރަހައްދު ވެގެންދާނީ ޕީޕަލް ފްރެންޑްލީ ނުވަތަ އެންވައިރޮމެންޓު ފްރެންޑްލީ ސަހަރަހައްދަކަށް ކަމަށް މަތީން ވިދާޅުވިއެވެ.
ސިސްޓަމް ހިންގުމަށް ކަރަންޓު ބޭނުން ކުރާ ކަމަށް ފާހަގަކުރައްވާ މަތީން ވިދާޅުވީ އެސަރަހައްދުގައި ސޯލާ ސިސްޓަމް ހަރު ކުރާނެ ކަމަށާއި އޭގެސަބަބުން ބޭނުންވާ ކަރަންޓު ސޯލާ މެދުވެރިކޮށް އުފައްދާ ތިމާވެއްޓާއި ރައްޓެހި ތަނަކަށް މާލޭގެ ހުރިހާ ޕަމްޕް ސްޓޭޝަންތައް ވެގެންދާނެ ކަމަށެވެ.
މީގެއިތުރުން މަތީން ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން ކުންފުނިން ބޮޑެތި ކުންފުނިތައް ބޭއްވުން މަޑުޖައްސާލައިފައިވާ ކަމަށާއި އެހެންނަމަވެސް ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ކުންފުނީގެ ކުވައްޒަފުން ކުރަމުންދާ މަސައްކަތް ހިއްސާކުރައްވާނެ ކަމަށް މަތީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ