ހައްޖުވެރިންނަށް ޚާއްސަ ފްލޫ ކްލިނިކެއް ހުޅުމާލޭގައި ހުޅުވައިފި

ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި އަންނަ ހައްޖުވެރިންނަށް ޚާއްސަކޮށްގެން ފުލޫ ކްލިނިކެއް ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކޮށްފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ، ހައްޖުވެރިންނަށް ހާއްސަކޮށްގެން ފުލޫ ކްލިނިކެއް ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ގާއިމުކޮށްފައިވާކަަމަށެވެ. ހުޅުމާލެ ހޮސްޕިޓަލް މައިކައުންޓަރާއި ދިމާލުގައި ހުންނަ މި ކްލިނިކުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް މެންދުރު 14:00 އިން ރޭގަނޑު 22:00 އަށް ހިދުމަތް ލިބޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ދިވެހި ހައްޖުވެރިން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި އަނބުރާ ރާއްޖެ އަންނަން ފަށާފައިވާއިރު، އެއްމެ ފަހު ގްރޫޕްގެހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ދަންވަރު 12 ޖަހާއިރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ