ދިވެހި ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެއައުމަށް ފުރައިފި

ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އައުމަށް ފުރައިފިއެވެ.
މަދީނާ އެއާޕޯޓުން ފުރި ދެވަނަ ގްރޫޕުގައި 262 ހައްޖާޖީން ދަތުރުކުރެއެވެ. މި ގްރޫޕް ރާއްޖެ އައުމަށް ދަތުރުކުރަމުންދަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިފަހަރުގެ ހައްޖުވެރިންގެ ފްލައިޓް ދަތުރުތައް ބާއްވަމުންދަނީ ސައުދިއާ އެއަރލައިން އަދި މޯލްޑިވިއަން އެއަރލައިންގެ ފްލައިޓްތަކުގައެވެ.
ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެއައީ ހުކުރު ދުވަހުގެރޭގައެވެ. އެފްލައިޓުގައި 240އަށްވުރެ ގިނަ ޙާޖީން ރާއްޖެ ދަތުރުކުރިއެވެ. ހައްޖުވެރިންގެ އެއްމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ، އަންނަ އަންގާރަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ