މެންބަރ ފަލާހަށް: ހިތަދޫއުތުރުން ބުނީ ތިން ބަލިން ބަލިކޮށް އިސްތިއުފާ ދިނުމަށް!

މާވަޑި ކަލޭގެއަށް އައްޑޫއެއް، ހިތަދޫއެއް، ހިތަދޫ އުތުރެއް ނޭގުނުތާއެވެ. ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދައުވާއަކީ ހަމައެކަނިކުރާ ދައުވާއެއް ނޫނެވެ. ހިތަދޫ އުތުރަކީ ހަގީގަތުގައިވެސް އެމްޑީޕީގެ ކިއްލާއެކެވެ. ނިމިދިޔަ ބައި އިލެކްޝަނުން އެކަން އިތުރަށް ސާބިތުވެއްޖެއެވެ.
އާނއެކެވެ. އެމްޑީޕީގެ ލީޑަރޝިޕް ހިތަދޫ އުތުރު ދާއިރާއަށް ނިކަން ފަރިތަވާނެއެވެ. އިބޫއާއި އަންނިއާއި ފައްޔާޒާއި ޝާހިދާއި އާޒިމަށް އެމީހާ މިމީހާ ނޭނގޭ އެކަކުވެސް އެދައިރާއަކު ނުހުންނާނެއެވެ. ކާކު ކުރާނީ ކީއްކަމާއި ކާކު ބޭނުންވާނީ ކޮންކަމެއްކަން އެ މީހުންނަށް އެނގެނޭއެވެ. އުކުޅަހު ބަސްއެހި ވަޒީރުމެންހެން އެމީހުނަށް މީހުން ދަސްކުރަން އުޅޭކަށް ނުޖެހޭނެއެވެ.
އައްޑޫ އަސްލަމަށް މުޅި އުމުރުގައި އެދާއިރާގެ މެންބަރުކަން ކުރެވުނީ ގައިމުކަމެއް ވެގެންތާއެވެ. މި އިންތިހާބުގައި ބައެއް ވޯޓް ފޮށިތަކަކުން ޕީއެންސީ ކެންޑިޑޭޓަށް ކުރި ލިބުމުން ތިން ދައުރު އައްޑޫގެ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލައިފިޔޭ ފަލާހު ބުނަން ލަދުނުގަންނަ ކަމެވެ. ސަރުކާރުގެ ހުރިހާ ކުންފުނިތައް ހިތަދޫ އުތުރަށް އަރިކޮށްލައިގެން ވަޒީފާއާއި ރިޝްވަތު ފައިސާ ބެހުމުގައި ޕީއެންސީއާއި ސަރުކާރުގެ ވަޒީރުން ތަނުއެޅި ކުނާ ހެދިގެން ކުރިހާ މަސައްކަތް ޗޮކުން ދިޔައިމާ އަދިވެސް އެބަ އަނގަދިޔާކުރެއެވެ. 
މުއިއްޒާއި ފަލާހާއި މުޅި ޕީއެންސީ ބޮޑު ފޭއްޔަކުން ފޭލިވީކަން ނޫންކަމެއް ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން ބުނެއެއް ނުދެއެވެ. ސަރުކާރުގެ އާރާބާރު އޮވެ ކަށީގެ މަދަށް މަސައްކަތްކޮށްގެން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ދިފާއު ނުކުރެވުމަކީ ލަދު ގަންނަންޖެހޭ ވަރުގެ ހުތުރު ބައްޔެކެވެ.
ހަނދާން އައުކޮށްލާށެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އާއި މާލެއަތޮޅު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ފަސޭހަކަމާއެކު އެމްޑީޕީން ކާމިޔާބުކޮށް ސަރުކާރުން އެ ދެ ގޮނޑި ދިފާއުކުރިއެވެ. އެކަމަކު ވެރިކަމުގެ އާރާބާރު ދައްކައިގެންވެސް މުއިއްޒަށް ހިތަދޫ އުތުރު ގޮނޑި ދިފާއެއް ނުކުރެވުނެވެ. ލަދުގެން ބަލާށެވެ. 
އަނެއްކޮޅުން އައްޑޫގައި ޖެހިޖެހިގެން ހުތުރު ތިން ބަލިން މުއިއްޒު ސަރުކާރު ބަލިވީއެވެ. އައްޑޫ ސިޓީން ފޭދޫ ވަކިކުރަން ކުރި މަސައްކަތުގައި ވެސް މުއިއްޒު ވީ ފޭއްޔެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ މޭޔަރކަމާއި ސިޓީކައުންސިލްގެ ފުޅާ މެޖޯރިޓީ މުއިއްޒު ސަރުކާރަށް ވަނީ ގެއްލިފައެވެ. ދެބާރު އެއްކުރާން އުޅުނު ފެންނަ ނުފެންނަ ވޯޓުންވެސް އައްޑޫގައި މުއިއްޒު ސަރުކާރުވީ ބައްޔެވެ. އެންމެފަހުން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިވެސް މުއިއްޒު ސަރުކާރަށް ގެއްލުނީއެވެ. 
ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިގެން މުއިއްޒާއި މުއިއްޒު ސަރުކާރަށް ލިބޭނެ އެއްވެސް ކާމިޔާބެއް ނެތްކަން ސާފުކޮށް ރައްޔިތުން އެދަނީ ބުނެދެމުންނެވެ. ލަދެއް ހަޔާތެއް ހުރިނަމަ މޮޅުވާހަކަ ނުދައްކާ އިސްތުއުފާދީފައި ގެއަށް ކަނޑާލުން ނޫން ގޮތެއް މިހާރަކު މުއިއްޒާއި މުއިއްޒުގެ އައުވާނުންނަކަށް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ