މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ހިދުމަތް މާދަމާ މެދުކެނޑުމަކީ އެކަށީގެންވާކަމެއް: ސްޓެލްކޯ

މާލެ ސިޓީގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މާދަމާ މެދުކެނޑުމަކީ އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ އިއުލާނުގައި ބުނެފައި ވަނީ، 03 މެއި 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 އާއި 16:00 ގެ ދެމެދުގައި ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
ސްޓެލްކޯއިން ބުނީ، ކަރަންޓު ކެންޑުން އެކަށީގެންވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު، ފުލޫނިޔާ މަގު، ޝަހީދުއަލީ ހިނގުން، ހަވީރީ ހިނގުން، ގަނދަކޯޅިމަގު އަދި ބަނދަރުމަތީ ހިނގުން ހިމެނޭ ސަރަޙައްދުތައްކަމަށެވެ.
މިކަމާއި ގުޅިގެން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
މާލެއާއި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭއެހެނިހެން ރަށްތަކުގައި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ކުންފުނިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ