2-1 ން އައިވަރީ ކޯސްޓް ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ނޯވޭ ގަދަ 16 އަށް ނޯވޭ ދަތުރުކޮށްފިއެވެ.
ނޯވޭ ފުރަތަމަ ފަހަރަށް މުބާރާތުގެ ގަދަ 16 ޓީމްގެ ތެރޭގައި ހިމެނުނީ ގަދަ 32 ޓީމް ވާދަކުރާ ބުރުގައި ވާދަވެރި ކުޅުމަކަށްފަހު އެފްރިކާގެ އައިވަރީ ކޯސްޓް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ކުރި ހޯދީ ނޯވޭއިންނެވެ. ހާފް ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް، ކެޕްޓަން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ލީޑް ނަގައިދިނީ އެންޓޯނިއޯ ނުސާ އެވެ. މެޗުގެ ފޯރިއާއި ވާދަވެރިކަން ބޮޑުވީ ދެވަނަ ހާފްގައި މެޗުގެ 74 ވަނަ މިނިޓްގައި އައިވަރީ ކޯސްޓުން ލަނޑުޖަހާ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ނިކޮލަސް ޕެޕޭ ތަނަވަސްކޮށްދިން ފުރުޞަތަކުން ނަތީޖާ ހަމަހަމަކޮށްދިނީ އަމަދު ޑިއާލޯ އެވެ. އެކަމަކު އެނަތީޖާގައި އޮތީ 11 މިނިޓެވެ. ހާލަންޑް ލަނޑު ޖަހާ ނޯވޭ ގަދަ 16 އާ ކައިރިކޮށްދިނެވެ. ޕެޓްރިކް ޕާކް ތަނަވަސްކޮށްދިން ފުރުޞަތުގައި ހާލަންޑް ބޯޅަ ގޯލަށް ފޮނުވާލީ އޭރިޔާ ތެރޭގައި ހުރެއެވެ.
މެޗުގެ ނަތީޖާ އަލުން ހަމަހަމަވެދާނެހެން ހީވީ އިތުރު ވަގުތުގައި އޭރިޔާ ބޭރުން ލިބުނު ހިލޭޖުން އޮމަރު ޑިއަކައިޓް ފޮނުވާލި ބޯޅައިގެ ނުރައްކާތެރިކަމުންނެވެ. ގޯލްގެ މތީ ކަނާ ދިމާއަށް ދިޔަ ބޯޅަ ނޯވޭ ކީޕަރު ނީލޭންޑް ވައަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ. ކޯނަރުވެސް ދިޔައީ ނޯވޭގެ ފަހަތަށް ބާރު ބޮޑުވެގެންނެވެ. އެހެންނަމަވެސް މެޗުގެ ނަތޖާ ހިފަހައްޓާ ނޯވޭ ތާރީޚީ ކާމިޔާބީއެއް ހޯދިއެވެ.
ގަދަ 16 ބުރުގައި ނޯވޭ ވާދަކުރަން ޖެހޭނީ ބްރެޒިލްއާއެވެ.
ހާލަންޑް ނޯވޭ ގަދަ 16 އަށް ގެންގޮސްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ