މި ހަފުތާތެރޭ ދެވަނަ ފަހަރަށް ސިޓީ ކައުންސިލުން ގޮދަޑިއެއްގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފި
ހަފުތާއެއްތެރޭ ދެވަނަ ފަހަރަށް ސިޓީ ކައުންސިލުން ގޮދަޑިއެއްގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފިއެވެ. މާލޭގެ މަގުތަކަށް ކުނިއަޅާ މައްސަލައަކީ ޒަމާނުއްސުރެ ހައްލުނުވެފައިވާ ބޮޑު މައްސަލައެކެވެ. މިއަދު ސިޓީ ކައުންސިލުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހިތަށްފިނިވާމަގާއި ކަރަންކާމަގު ގުޅޭ ކަންމަތީ ބަހައްޓާފައި ހުރި ގޮދަޑިއެއްގެ ފޮޓޯ ލާފައެވެ. އަދި އެ ގޮދަޑި ބެހެއްޓި ފަރާތް ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ. ސިޓީ ކައުނސިލުން ވަނީ މަގުތަކަށް ކުނި އަޅާ ފަރާތްތަށް ފާހަގަ ކުރެވޭނަމަ، ކައުނސިލްގެ ހޮޓްލައިން 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުއްވައިދިނުމަށް އެދިފައެވެ. އަދި މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. https://x.com/MaleCitymv/status/2071925646729900200 މީގެ ތިން ދުވަސް ކުރިން މި މަހުގެ 27 ވަނަ ދުވަހު ވެސް ކައުންސިލުން ވަނީ އިސްކަންދަރުމަގު، މއ. ސަހަރާ ކައިރި ބަހައްޓާފާއި ހުރި ގޮދަޑިއެއް އެތަނަށް ނެރުނު ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. https://x.com/MaleCitymv/status/2070785767321067995 މާލޭގެ ގޭބީސީތަކުން އުކާލާ ކުނި ނެގުމުގެ މަސައްކަތް ކުރަނީ ވެމްކޯއިންނެވެ. އުކާލާ އެކި ބާވަތުގެ ކުންޏާމެދު ގެބީސީތަކުން އަމަލުކުރާނެ އުސޫލުތަކާއި، އެތަކެތި ނަގާނެ ގަޑިތައް ވެމްކޯއިން އޮންނަނީ ކުރިއާލާ އިއުލާނުކޮށްފައެވެ. ނަމަވެސް އަދިވެސް މަގުމަތީގައި ގޮދަޑިފަދަ ތަކެއްޗާއި ކުނިކޮތަޅުތަކާއި ކުނިވާޒާތުގެ ނަޖިސް ހިމެނޭ ކުނި އަޅައިފައި ހުރެއެވެ. އެ ފަދަ ކަންކަން ކުރުމުން އެތައް ބަޔަކަށް އެކަމުގެ އުނދަގޫ ކުރިމަތިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ