ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވެގެން މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. މި މީހާ ހޯދަމުންދަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ލ. ގަން، މުކުރިމަގު، ޝާދީ ވިލާ، މުޙައްމަދު ރިޒާ (38އ) އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހޯދަމުންދަނީ ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވެފައި ނުވާތީއެވެ.
ކޯޓު އަމުރުގައިވާ ގޮތުގެ މަތިން، އޭނާ ބަންދުގައި ބަހައްޓައިގެން 2026 ޖުލައި 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.
މުޙައްމަދު ރިޒާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ސާވިސަސްގެ ހޮޓްލައިން ނަންބަރު 9991442 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ