ރާއްޖެއިން ފުރައިގެން ދަތުރުކުރި ކާގޯ ބޯޓެއް ފެތެމުންދަނިކޮށް އިންޑިއާގެ ކޯސްޓް ގާޑުން ސަލާމަތްކޮށްފި އެވެ.
ތަފްސީލް - އިންޑިއާގެ ކޯސްޓް ގާޑުން ބުނިގޮތުގައި ކޮމްޕާޓްމެންޓުތަކެއްގައި ފެންބޮޑުވެ، އެހީތެރިކަމަށް އެދިފައިވަނީ އެމްވީ ސިއްތާ ނަމަކަށް ކިޔާ ބޯޓެކެވެ. އޭރު އެ ބޯޓު ދަތުރުކުރަމުން ދިޔައީ އިންޑިއާގެ ޓުޓިކޮރިން ބޭރުން ކަމަށް އެތަނުން ބުންޏެވެ.
ކޯސްޓް ގާޑުން ބުނީ:
އެހީއަށް އެދުމާ އެކު، އިންޑިއާގެ މަނަވަރެއް ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް
އެގޮތުން ބޯޓަށް އަރައި، ދިޔަ އަރަމުންދިޔަ ތަންތަން ބައްދައި މަރާމާތުކޮށް، ބޯޓުން ފެން ހިއްކި ކަމަށް
އެތަނުން ބުނީ ބޯޓު އެންމެ ރަނގަޅަށް މަރާމާތު ކުރުމަށް، ޓުޓިކޮރިންގެ ބަނދަރަށް ވަނުމަށް އިރުޝާދު ދީފައިވާ ކަމަށާއި ބޯޓާއި އޭގައި ތިބި ފަޅުވެރިންގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށެވެ.
ރާއްޖޭން ފުރައިގެން ދިޔަ ބޯޓެއް ފެތެމުންދަނިކޮށް އިންޑިއާއިން ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ