އާޓިފިޝަލް ބީޗުގައި ބިދޭސީންގެ މާރާމާރީއެއް؛ ފުލުހުން މައްސަލަ ބަލަނީ
އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މިއަދު މާރާމާރީއެއް ހިންގައިފިއެވެ. ބިދޭސީންގެ ގުރޫޕެއްގެ މެދުގައި މާރާމާރީ ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ، އާޓިފިޝަލް ބީޗްގެ މޫދަށްއެރޭ ސަރަހައްދުގައި ހުރި ބެންޗެއްގެ ކައިރީގައި ގާތްގަނޑަކަށް ހަ ބިދޭސީންގެ މެދުގައި ތަޅައިގަނެގެން އުޅޭ މަންޒަރެވެ. އަދި އެތާ ކައިރީގައި ބަލަން ވެސް ބަޔަކު ތިއްބެވެ. މާރާމާރީގެ ތެރޭގައި އެ މީހުން ދުރުކުރަން މަސައްކަތްކުރި ބިދޭސީ މީހާގެ ގައިގައި ވެސް ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ. https://x.com/MvCrisis/status/2060705466582266002 އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ އެއްވެސް ފަރާތަކުން ފުލުހަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ. ނަމަވެސް މާރާމާރީއެއް ހިންގުމުން ފުލުހުންގެ އިންވެސްޓިގޭޝަން ޔުނިޓުން އެ މައްސަލަ ތަހުގީގު ކުރަމުންދާނެ ކަމަށް މީޑިއާ އޮފިޝަލް ވަނީ މައުލޫމާތު ދެއްވައިފައެވެ. ރާއްޖެއަކީ ބިދޭސީންގެ އާބާދީ ބޮޑު ގައުމެކެވެ. އެގޮތުން، އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކަކީ ބިދޭސީއެއް ކަމަށް އެންމެ ފަހުން ހެދި ބޯހިމެނުމުން ދެއްކިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ