ވޭތުވެދިޔަ ކައިރި މާޒީއަށް ބަލާއިރު ރާއްޖެއާއި، އަޒަރުބައިޖާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމާއި ދެޤައުމުގެ ރައްޔިތުންގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަޒަރުބައިޖާންގެ މިނިވަން ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެޤައުމުގެ ރައީސް އިލްހާމް ހައިދަރް އޮގްލޫ އަލިޔެވްއަށާއި ބޮޑު ވަޒީރު، އަލީ ހިދާޔަތު އޮގްލޫ އަސަދޯވްއަށާއި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސްގެ މެސެޖުގައިވަނީ މިނިވަންކަން ލިބުނުފަހުން މިވީ މުއްދަތުގެ ތެރޭގައި އަޒަރުބައިޖާނުން މުހިއްމު އެތައް ކާމިޔާބީއެއް ޙާސިލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެޤައުމަށް ފާހަގަތި ދުވަސްވަތަކަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި އަޒަރުބައިޖާންގެ ގުޅުމަށް ބަލާއިރު ވޭތުވެދިޔަ ކައިރި މާޒީގައި ދެޤައުމުގެ ދެމެދު އޮތް ވިޔަފާރީގެ ގުޅުމާއި ދެޤައުމުގެ ރައްޔިތުންގެ ދެމެދު އޮތް ދޭދޭ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައިވާކަމަށެވެ. އަދި މިގުޅުން ބަދަހިކުރުމަށް އެކި ދާއިރާތަކުން ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
އަޒަރުބައިޖާން މިނިވަންވެފައިވަނީ 28 މެއި 1918 ވަނަ އަހަރުއެވެ. ރާއްޖެއާއި އަޒަރުބައިޖާންއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 15 ޖޫން 2006 ވަނަ އަހަރުއެވެ.
އަޒަރުބައިޖާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންވަނީ އިތުރަށް ބަދަހިވެފައި: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ