ފުވައްމުލަކު އެކި ސަރަހައްދުތަކުގައި ގާޑިޔާ ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަނީ އުއްމީދާއި ދީލަތިކަމުގެ ދަތުރެއް: އަމްކޮގެ އިސްނެގުމުން މުޖުތަބާ ކިޑްނީ ބަދަލުކުރުމާ ގާތަށް ތަހުގީގަށް ސުވާލުކުރުމަށް ފުވައްމުލަކު މީހަކު ހޯދަނީ ރައްކާ ރޯޑް ޝޯ: އަމިއް

ފުވައްމުލަކުގެ ސިއްހީ ދުޅަހެޔޮކަމުގެ ދާއިރާއަށް އާ އުންމީދުތަކަކާއެކު، ޒަމާނީ ވަސީލަތްތަކުން ފުރިގެންވާ “ބިނާކުރި ފިޓްނަސް” ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ މުޖުތަމައުގެ ހުރިހާ ފަންތިއަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ، ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ޖިމެކެވެ.
މި ޖިމް ރަސްމީކޮށް ހުޅުވައިދެއްވީ ލެގަސީ ފިޓްނަސްގެ ފައުންޑަރ އަހުމަދު ރިޔާޒް އެވެ. ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ، ބިނާކުރި ފިޓްނަސްގެ މެންބަރުން މާލެއަށް ކުރާ ދަތުރުތަކުގައި، ހުޅުމާލޭގައި ހުންނަ ލެގަސީ ފިޓްނަސްގެ ހިދުމަތްތައް އެއްވެސް އިތުރު އަގަކާ ނުލައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ލެގަސީ ފިޓްނަސްއިން ދިން މި ދީލަތީ ފުރުސަތާ ގުޅިގެން، ބިނާކުރި ފިޓްނަސްގެ މެނޭޖްމަންޓުން ވެސް ވަނީ އުފާވެރި ނިންމުމެއް ނިންމާފައެވެ. އެގޮތުން ލެގަސީ ފިޓްނަސްގެ މެންބަރުން ފުވައްމުލަކަށް ކުރާ ދަތުރުތަކުގައި، ބިނާކުރި ފިޓްނަސްގެ ހިދުމަތްތައް އެއްވެސް އިތުރު ފީއަކާ ނުލައި ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ ދެ ޖިމްގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، މެންބަރުންނަށް ލުއިފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ބިނާކުރި ފިޓްނަސްގެ ކުރިމަގުގެ އުންމީދުތަކަށް ބަލާއިރު، ފިޓްނަސް ދާއިރާއިން މީހުން ބިނާކުރުމަށްވެސް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން، އެފް.އީ.އޭ މޯލްޑިވްސްއާ ގުޅިގެން ފިޓްނަސް ދާއިރާގެ އެކި ކޯސްތައް ކައިރި މުސްތަގުބަލެއްގައި ފުވައްމުލަކުގައި ފެށުމަކީ ބިނާކުރި ފިޓްނަސްގެ މުހިންމު އަމާޒެކެވެ. “ބިނާކުރި ފިޓްނަސް” އުފެއްދުމުގެ މައިގަނޑު މަގުސަދަކީ، ކޮންމެ ފެންވަރެއްގެ މީހަކަށް ވީނަމަވެސް، އިތުބާރާއި ޔަގީންކަމާއެކު ދުޅަހެޔޮ ދިރިއުޅުމަކަށް ކުރާ ދަތުރު ފެށުމަށް އެހީތެރިވެދޭނެ، އެކުވެރި މާހައުލެއް ގާއިމުކުރުމެވެ. އަންހެނުންނާއި ފިރިހެނުންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ މި ޖިމަކީ، ފެންވަރު ރަނގަޅު ކަސްރަތު ސާމާނާއި ތަމްރީނުދޭ މީހުންގެ އިރުޝާދާއެކު ހިންގޭ ތަނެކެވެ.
ޖިމް ރަސްމީކޮށް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދިޔަ “ފައުންޑާސް ކޯޗިން ސެޝަން” ތަކަށް އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މިއާއެކު، ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އަންހެނުންނަށް ހާއްސަ ވަގުތުތަކާއި، ދަރިވަރުންނަށް ހާއްސަ ޕެކޭޖްތައް ފަދަ ލުއިފަސޭހަ ހިދުމަތްތައް ވަނީ ތައާރަފުކޮށްފައެވެ.
“އަހަރެމެންގެ އަމާޒަކީ ހަމައެކަނި ޖިމެއް ހިންގުމެއް ނޫން. އަހަރެމެން ބޭނުންވަނީ އެކަކު އަނެކަކަށް އެހީތެރިވެދޭ، ހިތްވަރުދޭ ފިޓްނަސް މުޖުތަމައެއް ބިނާކުރަން،” ބިނާކުރި ފިޓްނަސްގެ ފައުންޑަރ ރިފާސާ ފާއިޒް ވިދާޅުވިއެވެ. ބިނާކުރި ފިޓްނަސްގެ ހިދުމަތްތަކާއި މެންބަރޝިޕާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 7755660 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ