ލ.ގަމުގައި ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި

ލ. ގަމުގައި އީދު ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީތަކުގެ ތެރެއިން ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާ، އިއްޔެ މާލެ ގެނެސް މިހާރު ފަރުވާދެނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ، ގަމުގައި ޢީދު ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީގެ ތެރެއިން މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެއްވި ގޮތުގައި، ލ. ގަމުން ކަރަންޓުގައި ޖެހިގެން ގެނައި ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމުން ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގެ އައިސީޔޫގައި މެޝިނުގެ އެހީގައެވެ. "ލ. ގަމުން ކަރަންޓުގައި ޖެހިގެން ގެނައި ކުއްޖާއަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަނީ،" އޮފިޝަލް ވިދާޅުވިއެވެ. މި ހާދިސާގައި ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ސީދާ ތަފްސީލެއް ހޮސްޕިޓަލުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ކަރަންޓުގައި ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ހަށިގަނޑުގެ ވަރަށް ބޮޑު ބައެއް ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. https://sun.mv/222567 ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް އެންމެ ފުރަތަމަ ކުއްލި ފަރުވާ ދީފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލު ސީރިއަސްވެ، ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ