362 ފެތުންތެރިންނާއެކު 2 ވަނަ ކްލަބް ކިޑްސް ސްވިމިންގް ފެސްޓިވަލް މިއަދު ފަށައިފި

މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމުކޮށްގެން ބާއްވާ “2 ވަނަ ކްލަބް ކިޑްސް ސްވިމިންގް ފެސްޓިވަލް ހުޅުމާލޭ ސްވިމިންގ ޕޫލުގައި މިއަދު ފަށައިފިއެވެ.
3 ޖުލައި 2026 އިން 6 ޖުލައި 2026 ގެ ނިޔަލަށް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ކުރިއަށްދާ މިމުބާރާތުގެ އިވެންޓްތައް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި 5 ކްލަބަކުން 362 ކުދިން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 172 އަންހެން ކުދިންނާއި 190 ފިރިހެން ކުދިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ