މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުށުގެ ރެކޯޑް ގިނަ އިބްރާހިމް އަބްދުﷲ ހޯދަނީ

ގްރޫޕް ހަދައިގެން ތޫނު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި، ގިނަ ކުށްތަކެއްގައި ކުރިން ވެސް ހައްޔަރުކޮށްފައިވާ އަދި ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ފުލުހުން އޭރު ބެލި އިބްރާހިމް އަބްދުﷲ (ގައްބަރޭ) ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އެނގުން މުހިންމު - އިބްރާހިމް އަބްދުﷲ، މއ. ނައިޓްވިލާ އަކީ، ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސް ވެސް މެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، އިބްރާހިމް އަބްދުﷲ ހޯދަމުން ދަނީ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ މައްސަލައެއްގަ އެވެ.
ތަފްސީލް - އޭނާއަށް ކުރާ ތުހުމަތުތަކަކީ، ފުލުހުން ބުނި ގޮތުގައި:
ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން
މީހަކު މަރާލަން އުޅުުން
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ:
ފުލުހުންގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅޭނެ
ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ވެސް ގުޅޭނެ
ފަސްމަންޒަރު - އިބްރާހިމް އަބްދުﷲ އަކީ މީގެ ކުރިން ވެސް ގުރޫޕު މާރާމާރީ އާއި ފޭރުން ފަދަ ބޮޑެތި މައްސަލަތަކުގައި އެތައް ފަހަރަކު ހައްޔަރުކޮށް، ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ފުލުހުން ލޭބަލްކޮށްފައިވާ މީހެކެވެ.
އިބްރާހިމް އަބްދުﷲ ވަނީ 2007ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފަ އެވެ. އެކަމަކު އޭރު 18 އަހަރު ނުވާ އިބްރާހިމް އަބްދުﷲ ދޫކޮށްލީ، އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ