އިންޓަ ސްކޫލް މުބާރާތުން ވިދާލި މިރާޝް ސްޕެއިންގެ އެކެޑަމީއަކުން ތަމްރީނު ހަދަނީ

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލް ޓީމުން ވިދާލި ހުނަރުވެރި ކުޅުންތެރިއާ މިރާޝް އިމްތިޔާޒް (އާޝް) ސްޕެއިންގެ ބާސެލޯނާގެ ސްޕޯޓްސް އެކަޑަމީއެއްގައި ތަމްރީނު ހަދަމުން އެބަދެ އެވެ. ބާސެލޯނާގެ ކަޕްޓިވާ ސްޕޯޓްސް އެކެޑަމީގައި މިރާޝް މިހާރު ފުރިހަމަކުރަމުން ދަނީ 10 މަސް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެކެވެ. މިރާޝް ކުޅެމުންދާ ޔޫއީ ކޯނެލާ ކެޑޭޓް އަކީ ޔޫތު ޓީމުތަކުގެ ފަސްޓް ޑިވިޝަން ޓީމެވެ. ކަޕްޓިވާ ބްލޮގަށް ދިން އިންޓަވިއުއެއްގައި މިރާޝް ބުނެފައިވަނީ އޭނާ އެ އެކަޑަމީގައި ބައިވެރިވީ ފުޓްބޯޅައިގައި ކުރިއަށްދާން ބޭނުންވާތީ ކަމަށެވެ. "މި އެކަޑަމީގައި މި ބައިވެރިވަނީ މޮޅު ކުޅުންތެރިއަކަށް ވާން ބޭނުންވާތީ. މި ތަނުގައި މާ ގިނަ ފުރުސަތުތައް ތަނަވަސްވާނެ ކަމަށް ގަބޫލްކުރެވޭ. ސްޕެއިންގެ އެންމެ ރަނގަޅު ޓީމުތަކުން ފުރުސަތު ހޯދަން ބޭނުން،" މިރާޝް ބުންޏެވެ. އުމުރުން 14 އަހަރުގެ މިރާޝް ވަނީ މީގެ ކުރިން އެފްސީ ބާސެލޯނާގެ ޔޫތު ޓްރެއިނިން ކޭމްޕެއްގައި ވެސް ބައިވެރިވެފަ އެވެ. ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމް ހިންގާ އެކަޑަމީގައި އުމުރުން ހަތަރު އަހަރުން ފެށިގެން ތަމްރީންވަމުން އަންނަ މިރާޝް ވަނީ ސިންގަޕޫރުގައި ހުންނަން މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީގައި ވެސް އަމިއްލަ ގޮތުން ތަމްރީންތައް ހަދައިފަ އެވެ. މެންޗެސްޓާގެ އެކަޑަމީގައި މިރާޝް ބައިވެރިވި ކޮންމެ ފަހަރަކު ވެސް، ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އިންޓަ ސްކޫލް މުބާރާތުގައި މިރާޝް އެންމެ ފުރަތަމަ ފާހަގަވެގެން ދިޔައީ 2010 ވަނަ އަހަރު އެވެ. އިންޓަ ސްކޫލް މުބާރާތުގައި އޭނާ ކުޅުނު އަހަރުތަކުގައި، އޭނާގެ ކޮއްޓުމާއި ނެއްޓުމާއި ޕާސްތައް އަދި ޝޮޓްތައް އެ އުމުރުގެ އެހެން ކުދިންނާ މާބޮޑަށް ވެސް ތަފާތު ކަމަށް ތަޖުރިބާކާރު ބައެއް ކޯޗުން ވަނީ ބުނެފަ އެވެ. ހުނަރުވެރި ކުޅުންތެރިއާ މިރާޝް އިމްތިޔާޒްގެ ވީޑިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ