ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ އުމަރު ކޯޓަށް ހުށައަޅައިފި

ޕީޕީއެމްގެ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދި ޕްރައިމަރީގައި ވާދަކުރި އުމަރު ނަސީރުގެ ފަރާތުން ސިވިލްކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.
އުމަރު ކޯޓަށް މިއަދު މައްސަލަހުށައެޅީ ޕްރައިމަރީގެ މައްސަލާގައި ޕީޕީއެމްގެ މެމްބަރު ރަހުމާ ހަސަން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލުމުންނެވެ.
ރަހުމާއަށް މައްސަލަ ހުށައެޅުމުގެ އިހްތިޔާރު ލިބިގެން ނުވާކަމަށްބުނެ ކޯޓުން ބޭރުކޮށްލި މައްސަލާގައިބުނީ ޕީޕީއެމްގެ ޕްރައިމަރީގައި ގާނޫނާއި ހިލާފަށް ޕާޓީގެ ދަފްދަރުގައި ހިމެނިފައިނުވާ މީހުންނަށް ވޯޓްލުމުގެ ފުރުސަތު ދީފައިވާތީ ޕީޕީއެމްގެ އާންމު މެންބަރުންގެ ހައްގަށް ގެއްލުންވެފައިވާކަމުގައެވެ.
ސިވިލް ކޯޓުން މީގެކުރިން ކުރި ހުކުމުގައި ބުނެފައިވަނީ ދައުވާ ހުށަހެޅުއްވި ރަހުމާ މޫސާ އަމިއްލަ ހައިސިއްޔަތުން ހުށަހަޅާފައިވާ ދައުވާއެއް ކަމުގައިވާއިރު ރަހުމާގެ މުޅި ދައުވާ އާއި ދާއުވާގައި އެދޭ ކަން ކަން ބިނާވެގެން ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީއާއި ގުޅިގެން އުމަރުގެ އަމިއްޔަ ނަމުގައި މައްސަލަ ހުށައެޅިއިރު އުމަރު މިހަރުވަނީ ޕީޕީއެމްއިން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ