ޓައިނީ ހާޓްސްގެ "ކެއާ ފޯޓައިނީ ހާޓްސް" މާދަމާ ފަށަނީ

ހިތުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ރާއްޖޭން ބޭރަށް ނުގޮސް އެކަން ކުރެވޭނެ ފުރުސަތެއް ޓައިނީ ހާޓްސް ގައި ރަޖިސްޓްރީ ވެފައިވާ ކުދިން އެ ޖަމިއްޔާއިން ހަމަޖައްސައިދީފި އެވެ.
ޓައިނީ ހާޓްސް އިން ބުނީ "ކެއާ ފޯޓައިނީ ހާޓްސް 2013" މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރިޔަށް ގެންދާނެ ކަމަށާއި އެ ޕްރޮގްރާމްގައި އިންޑިޔާގެ ކުޑަކުދިންގެ ހާއްސަ ދެ ޑޮކްޓަރަކާއި އައިޖީ އެމް އެޗްގައި މަސައްކަތް ކުރައްވާ ހިތުގެ ޑޮކްޓަރަކާއި، ހިތާއި ފުއްޕާމޭގެ އޮޕްރޭޝަންގެ ހާއްސަ ޑޮކްޓަރުކު ކުދިން ބައްލައްވާނެ ކަމަށެވެ.
މީގެ އިތުރަށް ފީޓަލް އެކޯގެ ހާއްސަ ވޯކްޝޮޕެއް މާލޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ރޭޑިއޮލޮޖިސްޓުންނަށް ހާއްސަކޮށް ކުރިއަށް ގެންދާނެ ކަމަށް ވެސް ޓައިނީ ހާޓްސް އިން ބުންޏެވެ. އަދި ބުނީ އެއީ ބަނޑުގައި އޮއްވާ އަވަހަށް މައްސަލަ ދެނެގަނެވިއްޖެނަމަ ފަރުވާ ދިނުމުގެ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ކުރިއަށް ގެންދާ ވޯކްޝޮޕެއް ކަމަށެވެ. އެޕްރޮގްރާމްތެރޭގައި މާބަނޑުމީހުންގެ ތެރެއިން ހައި ރިސްކް ފަރާތްތަކުގެ ފީޓަލް އެކޯ ހެދުން އޮންނާނެ ކަމަށް ވެސް ބުންޏެވެ.
ޓައިނީ ހާޓްސް އަކީ އުފެދުމުގައި ހިތުގެ މައްސަލަ ހުންނަ ކުދިންނަށް އެހީ ވުމަށް ޓަކައި 2009 ގައި އުފެދިފައިވާ ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާގައި މިހާރު 300 އެއްހާ ކުދިން ރަޖިސްޓްރީކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ