ނިލަންދޫގެ އިންޖީނުގެ ފެނަކައާ ހަވާލުކުރަން ފާހެއް ނުވި
ފ. ނިލަންދޫގެ އިންޖީނުގެ ހިންގަން ފެނަކައާ ހަވާލުކުރަން ނުފެންނަ ކަމަށް އެ ރަށުގެ ރައްޔިތުން މިރޭ ފާސްކޮށްފި އެވެ. މިހާތަނަށް ވެސް ނިލަންދޫގެ ރައްޔިތުން ހިންގަމުން އައި އިންޖީނުގެއާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި 337 މީހަކު ބައިވެރިވިއިރު ފެނަކައާ އެތަން ހަވާލުކުރަން ވޯޓުދިނީ އެންމެ 14 މީހެކެވެ. އަދި އިންޖީނުގެ ރައްޔިތުން ހިންގަން ވޯޓު ދިނީ 316 މީހެކެވެ. ބާތިލް ހަތް ވޯޓެވެ. ވޯޓުލުން ހައްގު ލިބިގެންވާ 1،266 މީހަކު އެ ރަށުގައި ތިބެ އެވެ. ނިލަންދޫގެ އިންޖީނުގެ ރައްޔިތުން ހިންގަމުން އަންނަނީ 1995 އިން ފެށިގެންނެވެ. މިހާރު 24 ގަޑިއިރަށް އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނައިރު ތިން ޖަނެރޭޓަރު ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ