އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފިއެވެ. އުރީދޫން ބުނި ގޮތުގައި ރާއްޖޭގެ 10 ރިސޯޓަކުން 16 ޓީމު ވަނީ މި ޓޯނަމަންޓުގައި ބައިވެރިވެފައެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ އީސްޕޯޓްސް ޓޯނަމަންޓުގައި ޓީމުތައް ވާދަކޮށްފައިވަނީ މަގުބޫލު ދެ ގޭމެއް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޯބައިލްގައެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މުބާރާތަށް ބަނީ ހޫނު ތަރުހީބެއް ރިސޯޓްތަކުން ލިބިފައެވެ. އުރީދޫ ނޭޝަންގެ މަގުސަދަކީ ރާއްޖޭގައި މިހާރު އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކޮށް، ވާދަވެރިކަމާއި އެކުވެރިކަމާއެކު ގޭމް ކުޅެ މި ދާއިރާގައި ކުރިއަށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެ މުބާރާތުގައި ވަނަވަނައަށް ދިޔަ ފަރާތްތަކަކީ: މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމް.އެލް.ބީ.ބީ) ޗެމްޕިއަން: ޖޯލި ބީންގް 2 – 5000 ރުފިޔާ ރަނަރަޕް: ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް – 3000 ރުފިޔާ 3 ވަނަ: ޖޯލި ބީންގް – 2000 ރުފިޔާ ޕަބްޖީ މޯބައިލް ޗެމްޕިއަން: ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް – 5000 ރުފިޔާ ރަނަރަޕް: ނިޔަމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް – 3000 ރުފިޔާ 3 ވަނަ: ސަމަރ އައިލަންޑް މޯލްޑިވްސް- 2000 ރުފިޔާ މި މުބާރާތް ބާއްވައިފައިވަނީ މުޅިން އޮންލައިންކޮށެވެ. މި ގޮތަށް ރާވައިފައިވަނީ ރާއްޖޭގެ ކޮންމެ ހިސާބަކުން ބައިވެރިވާން ބޭނުންވިޔަސް މި ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް އުރީދޫން ބުންޏެވެ. އުރީދޫ ނޭޝަނުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ހިސާބުގައި އުފެދިފައިވާ އިސްޕޯޓްސް ކުޅުންތެރިން އެއް ޕްލެޓްފޯމަކަށް ގެނެސް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ވާދަކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ