ހުޅުމާލެއަށް 21 އަހަރު: ބައެއް ފިހާރަތަކާއި ކެފޭތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

'ޑިސްކައުންޓު ވީކް'ގެ ނަމުގައި ހުޅުމާލޭގެ ބައެއް ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 17ގެ ނިޔަލަށެވެ. އެގޮތުން، މި ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގެ ގިނަ ފިހާރަތަކާއި ރެސްޓޯރަންޓުތަކުގެ އައިޓަމްތަކުން ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާއިރު، ބައެއް ފިހާރަތަކުން ވަނީ ކޫޕަނާއި ހަދިޔާ ވެސް ކަސްޓަމަރުންނަށް ދޭން ނިންމާފައި ކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ބުނީ، މިއީ ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އެކި ވިޔަފާރިތަކާ ގުޅިގެން ހިންގާ ޕްރޮމޯޝަނެއް ކަމަށެވެ. ހުޅުމާލޭން ޑިސްކައުންޓު ލިބޭނެ ފިހާރަތަކާއި ކެފޭތައް: ފަހި ޕްލާޒާ (ފަސް ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް)، ހުވަނދުމާ ހިނގުން ރަޓަޓޫލީ ( 10 ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް)، ހިތިގަސް މަގު، ގޯޅި 17. އެމްއެޗްއޭ މާޓް (ބައެއް ބްރޭންޑުތަކުގެ ތަކެތިން 15 ޕަސެންޓު ޑިސްކައުންޓް)، ރެއިންކްރެސްޓް ރެސިޑެންސް އަދި ނިރޮޅުމަގު 16 އައުޓްލެޓް. ބްރެޑް މެޓާސް (10 ޕަސެންޓް ސްޓޯ ވައިޑް ޑިސްކައުންޓް)، ސެންޓްރޯ މޯލް. އިހްސާން ފިހާރަ (ކޫޕަން އަދި ގިފްޓްސް)، ވިނަރެސް 10، ހުޅުމާލެ ފޭސް 2. މަންހެޓަން ފިޝް މާކެޓް (ފަސް ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް)، ސެންޓްރޯ މޯލް ގްލޯރިއާ ޖީންސް (10 ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް)، އަމިން އެވެނިއު، މޭޕަލް ޓަވަރު ކޮފީ ވިއު (05 ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް)، ފެރީ ޓާމިނަލް ކިއޮސްކް އެކެއް ޗިކިން (10 ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް)، އަމިން އެވެނިއު، އޯކް ޓަވަރު. ރެޑްވޭވް (ބައެއް ބްރޭންޑުތަކުގެ ތަކެތިން 10 ޕަސެންޓު ޑިސްކައުންޓް)، އަސުރުމާ ހިނގުން. ބޭކާސް ބާސްކެޓް (05 ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް)، ނިރޮޅު މަގު، ލޮޓް ނަންބަރު 11203. އަރިއްސާ (ބައެއް ބްރޭންޑުތަކުގެ ތަކެތިން 15 ޕަސެންޓު ޑިސްކައުންޓް)، އަމިން އެވެނިއު، މޭޕަލް ޓަވަރު އެސްޖޭ މޯލް (ބައެއް ބްރޭންޑުތަކުގެ ތަކެތިން 30 ޕަސެންޓު ޑިސްކައުންޓް)، ބޯގަންވިލާ މަގު ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު އެ ހަރަކާތްތައް ފެށީ ކުލަގަދަ ފެމިލީ ކާނިވަލްއަކުންނެވެ. އެ މުނާސަބަތުގައި ހަފުތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ބާއްވަން އެޗްޑީސީން ވަނީ ނިންމާފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ، ސްޓޯރީ ފޮޓޯ ވޯކް، ހުޅުމާލެ މަސްރޭސް، ސައިކްލިން ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕްގެ އިތުރުން ބީޗް ފެސްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ