އީސީގެ މެމްބަރު ކަމަށް ނަޝާތު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްއްޔޫމު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އއ. ފެރިދޫ، ހާލި، އަލީ ނަޝާތަށް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ. މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ނަޝާތަށް ރުހުން އޮއްތޯ ވޯޓަށް އެހުމުން ޖަލްސާއަށް ހާޒިރުވި 32 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. އީސީގެ މެންބަރު ކަމަށް ނަޝާތުގެ ނަން ދިރާސާ ކުރުމަށް ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނަޝާތުއަށް 75 ޕަސެންޓަށް ވުރެ ގިނަ މާކްސް ލިބިވަޑައިގެންނެވި އެވެ. ނަޝާތު މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުން ވޯޓު ދެއްވި އެވެ. ނަޝާތު މިހާރު މަސައްކަތް ކުރައްވަނީ އެ ކޮމިޝަނުގެ ޑިރެކްޓަރެއްގެ ގޮތުގަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަން ހުސްވެފައި ވަނީ އެ ކޮމިޝަނުގެ މެމްބަރަކަށް ހުންނެވި މުހައްމަދު ޝަކީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ