އާންމު ރައްޔިތުންނަށް އިންޝްއަރެންސްގެ ހިދުމަތް ދޭ، އާސަންދައިގެ އެމްޑީއަކަށް އާ ބޭފުޅަކު މިއަދު ހަމަޖައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، ހުސްވެފައިވާ އެ މަގާމަށް ހަމަޖައްސާފައިވަނީ، ހ. ހޮޓެންސިއާ އަހުމަދު އަޒީމް ކަމަށެވެ.
އަޒީމް މީގެކުރިން ހުންނެވީ، ހުޅުމާލެ ހޮސްޕިޓަލް ވެސް ހިންގަމުންދާ، އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގަ މަގާމުގަ އެވެ.
އާސަންދަގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި، ހަސަން އަލީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭނާ މިހާރު ވަނީ، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްއަކަށް އައްޔަންކޮށްފަ އެވެ.
ހަސަން އަލީ އާސަންދަގެ އެމްޑީގެ މަގާމަށް ހަމަޖެއްސީ އެ ކުންފުނީގެ އެމްޑީ ކަމުގައި ހުންނެވި، މައުމޫން އަބްދުއްސަމަދު (މާންބެ) މި އަހަރުގެ މެއި މަހު ތެރޭގައި ވަކިކުރުމަށް ފަހު އެވެ.
އާސަންދަގެ އެމްޑީއަކަށް އަހުމަދު އަޒީމް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ