އިންޑިއާގެ އަހުމަދު އާބާދުގެ ހުރިހާ ޕްރައިމަރީ ސުކޫލުތަކެއްގެ ދަރިވަރުންގެ ބޯ ހިލޭ ކޮށައިދޭން އަހުމަދު އާބާދު މުނިސިޕަލް ކޯޕަރޭޝަނުން ނިންމައިފިއެވެ.
މި މަހުގެ ފަހު ކޮޅު ފެށުމަށް ހަމަޖެހިފައިވާ އެ ޕްރޮގުރާމަކީ ސާފުތާހިރުކަން އިތުރު ކުރުމުގެ ގޮތުން ފެށުމަށް ހަމަޖެހިފައިވާ ކެމްޕޭނެއްގެ ބަޔެކެވެ.
އަހުމަދު އާބާދު މުނިސިޕަލް ކޯޕަރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެސަރަހައްދުގެ 372 ޕްރައިމަރީ ސުކޫލުގައި 1.24 ލައްކަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އެ ޕްރިގުރާމުގެ ދަށުން މަހަކު އެއްފަހަރު އެ ކުދިންގެ ބޯ ކޮށައިދޭނެއެވެ.
އެ ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް ބޯކޮށައިދޭ ތަންތަނާ ސުކޫލުތަކާއެކު އެއްބަސްވުންތައް ހަދަމުންދާ އިރު ބޯކޮށައިދޭނީ އެ ޕްރޮގުރާމުގެ ދަށުން ބޯކޮށައިދޭ ތަންތަނުގައި ދަރިވަރުން ރަޖިސްޓްރީ ކުރުމުންނެވެ. ހިންދޫއިންގެ ހަރުކަށި ބައެއް ފަރާތްތަކުން ދަނީ އަހުމަދު އާބާދު މުނިސިޕަލް ކޯޕަރޭޝަންގެ އެ ޕްރޮގުރާމާ ދެކޮޅު ހަދަމުންނެވެ.
އަހުމަދު އާބާދުގެ ޕްރައިމަރީ ސުކޫލުތަކުގެ ދަރިވަރުންނަށް ހިލޭ ބޯ ކޮށައިދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ