ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޤައުމަށް ހެޔޮ ބަދަލެއް ގެންނަވައިކަން ގިނަ ރައްޔިތުން ޤަބޫލުކުރައްވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.
މެޑަމް ފާތިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ރައީސް ޔާމީންގެ ވޮލަންޓިއަރުންގެ ޓީމުން މިއަދު ފެއްޓެވި "ގޯއްޗަށް" ކެމްޕެއިންގެ ތެރެއިން ގޭގެއަށް ވަޑައިގެންނެވުމަށްފަހު މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ ހެންވޭރު ދާއިރާގެ ގިނަ ގެތަކަށް ޒިޔާރަތް ކުރެއްވުނު ކަމަށާއި، ޒިޔާރަތް ކުރި ހުރިހާ ގެއެއްގައި ދިރިއުޅޭ ފަރާތްތަކުންވެސް ރައީސް ޔާމީން ޤައުމަށް ކޮށްދެއްވާ އަގުހުރި މަސައްކަތްތައް ބަލައިގަންނަކަން ފާހަގަ ކުރި ކަމަށެވެ.
އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ކުރާނެކަން އެފަރާތްތަކުން ހާމަކޮށްފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ހެޔޮ ހިތުން ޤައުމާއި ދޭތެރޭގައި ވިސްނާ ކޮންމެ މީހަކުވެސް ރައީސް ޔާމީން ޤައުމަށް ކޮށްދެއްވާ މަސައްކަތް ދަންނާނެ ކަމަށެވެ.
ޑޯ ޓު ޑޯ ކެމްޕެއިންގެ ތެރެއިން ހެންވޭރުގެ ގެތަކަށް ޒިޔާރަތް ކުރެއްވި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޒިޔާރަތް ކުރި ހުރިހާ ގެއަކުންވެސް ރައީސް ޔާމީންގެ ކެމްޕެއިން ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށާއި ރާއްޖޭގެ އެތައް ބަޔަކު އެދެމުން އައި ބޮޑެތި މަޝްރޫއުތަކެއް ޤައުމުގައި ހިނގަމުން އަންނާތީ އެފަރާތްތަކުން އެކަން ޤަބޫލު ކުރާ ކަމަށެވެ.
2000 ވޮލަންޓިއަރުންނާއެކު ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކުރިއަށްދާ ދޮރުން ދޮރަށް ކެމްޕެއިނަކީ، މިހާތަނަށް ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު ކެމްޕެއިން ޕީޕީއެމްއިން ބުނެއެވެ.
މި ކެމްޕެއިނުގައި ދައުލަތުގެ ވަޒީރުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެއަށް ޒިޔާރަތް ކުރައްވާ، ގިނަ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ޝުއޫރުތައް އަޑު އައްސަވާފައެވެ.
ރައީސް ޔާމީން ޤައުމަށް ހެޔޮ ބަދަލެއް ގެންނަވައިފިކަން ގިނަ ރައްޔިތުން ޤަބޫލުކުރައްވާ – ޑރ ޒިޔާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ