ރިޝްވަތުގެ މައްސަލައިގެ އަޑުއެހުމަށް ގާސިމް ކޯޓަށް ހާޒިރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާޢި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާ ޝަރީއަތުގެ މަޖިލީހަށް އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްފިއެވެ.
ޝަރީއަތް ތާވަލުކޮށްފައިވަނީ މިއަދު 13:30 އަށެވެ.
ގާސިމް އިބްރާހިމްގެ މައްޗަށް ތިން ދައުވާ އެއް ކުރެއެވެ. އެއީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
މި މައްސަލަތަކާއި ގުޅިގެން ގާސިމްވަނީ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް 21 ދުވަސް ވަންދެން ޖަލުގައި ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ