މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:00 އާއި ހަމަށެވެ.
އެ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެއަސަރު ކުރުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް މޫސުމާއި ބެހޭ އިދާރާ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ