ގާސިމް އިބްރާހިމްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރިމަތިވެވެޑައިގެންފައިވާ ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ދިނުމުގެ ގޮތުން މިއަދު ހިތްޕުޅުގެ އޮޕަރޭޝަން ކުރައްވައިފި އެވެ.
ގާސިމްގެ ހިތްޕުޅުގެ އޮޕަރޭޝަން ކުރައްވާފައިވަނީ މިއަދު ހެނދުނު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގަ އެވެ.
ދޮޅު ގަޑިއެއްހާ އިރުގެ ދިގު މުއްދަތެއްގެ މި އޮޕަރޭޝަން ކާމިޔާބުކަމާއި އެކު ނިންމާލެވިފައިވާއިރު، ގާސިމްގެ ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.
ޖުމުހޫރީ ޕާޓީން ބުނެފައިވަނީ ގާސިމަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި ގުޅިގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވުނީ ވެސް ދިވެހި ރައްޔިތުންގެ އިޚްލާސްތެރި ދުއާގެ ސަބަބުން ކަމަށާއި ގާސިމް އިބްރާހިމާއި މެދު ދިވެހި ރައްޔިތުން ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަން އެޕާޓީން އަބަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.
މި އޮޕަރޭޝަނަކީ ގާސިމް އިބްރާހީމްގެ ހިތްޕުޅުގައި ހުރި ތިން ބްލޮކް ނައްތާލުމަށް ކުރެވުނު އޮޕަރޭޝަނެއް ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ