ރައީސް ޔާމީން ށ.އަތޮޅުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފޯކައިދޫއާއި މަރޮށްޓަށް ވަޑައިގެންފިއެވެ.
ށ،އަތޮޅަށް ކުރައްވާ މިދަތުރު ފުޅުގައި އެ މަނިކުފާނު އެންމެ ފުރަތަމަ އިއްޔެ ވަޑައިގެންނެވީ އެ އަތޮޅު ކޮމަންޑުއަށެވެ.
މިދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަށް ކެމްޕެއިން ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަންނަ މަހުގެ 05ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވަދަކުރައްވަނީ މޫސާ ފަތުހީ އާދަމްއެވެ.
ރައީސް ޔާމީންގެ މިދަތުރުފުޅުގައި މޫސާ ފަތުހީގެ ކެމްޕެއިންގެ އެކި ޙަރަހާތްތަކުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދެއްކިއެވެ. އަދި ޕީޕީއެމްގެ ބައެއް ސިޔާސީ ޙަރަކާތްތައްވެސް ހިންގަވާފައިވެއެވެ.
ކޮރަޕްޝަނުގެ މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް އިއްވި 5 އަހަރުދުވަހުގެ ޖަލުހުކުމުން ސަލާމަތްވެވަޑައިގެން މިނިވަން ވުމާއެކު ރައީސް ޔާމީން ގެންދަވަނީ މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ