ކީރިތި ޤްރްއާނުގައިވާ އެއްޗެއްގެ ފުރިހަމަ މާނަ އެނގޭނީ ލޮލަށް ފެންނަ ކަންކަމަށް ވިސްނައި ބެލުމުން: ރައީސް މައުމޫން

ކީރިތި ޤްރްއާނުގައި މާތްﷲ ކަންކަން ބަޔާންކޮށް ދެއްވަވާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއި އެހެންކަމާއިއެކުވެސް ކީރިތި ޤްރްއާނުގައިވާ ﷲ ގެ އާޔަތްތަކުގެ މާނަ ފުރިހަމައަށް އެނގޭނީ ކައުނުން ފެންނަ ކަންކަމާއިމެދު ފުންކޮށް ވިސްނައި ބެލުމުން ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން މިރޭ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއަ ޕްރޮގްރާމުގައި "މާތްﷲ ބިން ދެދުވަހުގެ ތެރޭގައި ހެއްދެވުން- ކީރިތި ޤްރްއާނާއި ސައިންސްގެ އަލީގައި" މިމައުޟޫއަށް ތަޤްރީރު ކުރައްވަވަމުންނެވެ.
ރައީސް މައުމޫނުގެ ތަޤްރީރުގައި ވަނީ މާތްﷲ އުޑުތަކާއި ބިންތައް އުފެއްދެވި މުއްދަތާއިބެހޭ ގޮތުން ވަރަށް މުހިންމު މައުލޫމާތު ތަކެއް ހާމަކުރައްވައިފައެވެ.
ރައީސް މައުމޫން ވިދާޅުވީ ދާދިފަހުން 3 ސައިންސްވެރިއަކު، ކީރިތި ޤްރްއާނަށް ބެލުމެއްނެތި ކައުނު އުފެއްދެވި މުއްދަތު ދިރާސާކުރުމުން އެނގުނު އެނގުމާއި ކީރިތި ޤްރްއާނުގެ އާޔަތްތަކާއި ފުރިހަމައަށް ދިމާވާ ކަމަށެވެ. އަދި އެއީ ކީރިތި ޤްރްއާނަށް ލިބުނު އިތުރު މުއުޖިޒާތެއް ކަމަށެވެ.
"އެމީހުން މިކަން ހޯދީ ކީރިތި ޤްރްއާނުގެ އާޔަތްތައް ބަލައިގެނެއް ނޫން. ކައުނަށް ބަލައި ކަންކަން ހޯދައިގެން."
ރައީސް މައުމޫން ވިދާޅުވީ މުޙައްމަދު ޒާހިރު ނަޞީރަކީ މި ޕްރޮގްރާމް މުލީއާގޭގައި ފެށްޓެވީންސުރެ ހުރިހައި ޕްރޮގްރާމްތަކެއްގައި ބައިވެރިވެވަޑައިގެންފައި ކަމަށާއި އެމަނިކުފާނު އަވަހާރަވުމަކީ ޕްރޮގްރާމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ