ރާއްޖޭގައި ގާނޫނީ ވެރިކަން ނަގަހައްޓާނަން: ސުޕްރީމް ކޯޓު

ރާއްޖޭގައި ގާނޫނީ ވެރިކަން ނަގަހައްޓާނެކަމުގެ ޔަގީންކަން ދޭކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
އެ ކޯޓުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށާއި ފަރުދުންނާއި ހައްގުތައް ހިމާޔަތް ކުރުމަށާއި ރާއްޖޭގައި އަމާންކަމާއި ސުލްހަވެރިކަން ގާއިމްކޮށްވެފައި އޮތުން ކަށަވަރު ކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ގާނޫނީ ވެރިކަން ނަގަހައްޓާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އެ ބަޔާން ނެރުނު ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި އަމާންކަން ގާއިމްވެފައި އޮތުން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ