ބްރެޒިލްގެ މިޑްފީލްޑަރު ކާލޯސް ކަސެމީރޯ ސޮއިކުރުވުމުގައި އިންޓަ މަޔާމީން ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން މައްސަލައެއް ބަލަން ފަށައިފި އެވެ.
އެމެރިކާގެ މޭޖާ ލީގު ސޮކާ، އެމްއެލްއެސްގައި މި މައްސަލަ ޖެއްސީ ކަސެމީރޯ ސޮއިކުރުވުމަށް، ކުރަންޖެހޭ މަޝްވަރާތަކަށް "ޑިސްކަވަރީ ޕްރަޔޮރިޓީ" ނުވަތަ އެންމެ ފުރަތަމަ އިސްނެގުމުގެ ހައްގު ހޯދިކައެލްއޭ ގެލެކްސީންނެވެ.
ކަސެމީރޯއާ އެކު މަޝްވަރާކުރުމުގެ ފުރަތަމަ އިސްކަން ނުވަތަ އިސްނގުމުގެ ހައްގު ހޯދީ އެލްއޭ ގެލެކްސީންނެވެ.
އެމްއެލްއެސް ގައި މިއަށް ކިޔަނީ "ޑިސްކަވަރީ ރައިޓްސް" ނުވަތަ އިސްނެގުމުގެ ހައްގެވެ. މި ގަވާއިދުގެ ބޭނުމަކީ ބޭނުންވާ ކުޅުންތެރިން ހޯދުމަށްޓަކައި ލީގުގެ ކްލަބްތަކުން އެއް ކްލަބް އަނެއް ކްލަބާ ވާދަކޮށް އަގު މައްޗަށް ޖެއްސުން ހުއްޓުވުމެވެ. ކުޅުންތެރިޔަކާ ވާހަކަދެއްކުމުގެ ކުރިން ކްލަބްތަކުން މި "ހައްގު" ހޯދަންޖެހޭނެ އެވެ.
ލޮސް އެންޖަލިސްގެ ކްލަބް، ގެލެކްސީން ހުށަހެޅި މައްސަލައިގެ ތަހްގީގު، އެމްއެލްއެލްސްއިން ދަނީ ކުރަމުންނެވެ.
"ލީގުން ދަނީ ގުޅުންހުރި އެންމެހައި މައުލޫމާތު އެއްކުރަމުން. އަދި މި މުރާޖާއާ ނިމެންދެން އިތުރު އެއްޗެއް ހާމަކުރެވެން ނެތް،" ބަޔާނުގައި ބުންޏެވެ.
މިއާމީ އާއި ގެލެކްސީއާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް، ލީގުން މި މައްސަލަ އިތުރަށް ބަލަމުންދާނެ އެވެ.
"އިންޓަ މަޔާމީ އާއި އެލްއޭ ގެލެކްސީން ކަސެމީރޯ ސޮއިކުރުމުގެ ޑިސްކަވަރީ ޕްރިޔޮރިޓީއާ މެދު އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް އެ އެއްބަސްވުމުގެ ތަފްސީލު ހާމަކުރާނީ ތަހުގީގު ނިމުމުން،" އެމްއެލްއެސްއިން ބުންޏެވެ،
އެމްއެލްއެސްގެ ގަވާއިދު ބުނާ ގޮތުން ކޮންމެ ކްލަބަކަށް ވެސް އެއް ފަހަރާ އެންމެ ގިނަވެގެން ޑިސްކަވަރީ ލިސްޓުގައި ހިމެނޭނީ ފަސް ކުޅުންތެރިންނެވެ.
ކުޅުންތެރިއަކު މި ލިސްޓުގައި ހިމެނުމުން، އެހެން ކްލަބްތަކުގެ ކުރިން އެ ކުޅުންތެރިޔާއާ އެކު ވާހަކަދެއްކުމުގެ ހާއްސަ އިސް ހައްގު އެ ކްލަބަކަށް ލިބެއެވެ.
ކަސެމީރޯގެ ޑިސްކަވަރީ ޕްރަޔޮރިޓީ އޮތީ އެލްއޭ ގެލެކްސީއަށް ކަމަށްވުމުން، މަޔާމީ އަށް ޖެހުނީ އެ ހައްގުތައް ގެލެކްސީ އަތުން ހޯދާށެވެ.
"އެހެން ކްލަބެއްގެ ޑިސްކަވަރީ ލިސްޓުގައިވާ ކުޅުންތެރިޔަކު ސޮއިކުރުވަން ބޭނުންނަމަ. އެ ހައްގު ހޯދުމަށްޓަކައި 50,000 ޑޮލަރުގެ ޖެނެރަލް އެލޮކޭޝަން ފައިސާ ހުށަހެޅިދާނެ،" އެމްއެލްސްގެ ގަވާއިދު ފޮތުގައި ބުނެފައިވެ އެވެ.
"ޑިސްކަވަރީ ލިސްޓުގައި ކުޅުންތެރިޔާ ހިމެނޭ ކްލަބަށް ފަސް ދުވަސް (ނުވަތަ ސެކަންޑަރީ ޓްރާންސްފާ ވިންޑޯގައި ތިން ދުވަސް) ލިބޭނެ. އެއީ ފައިސާ ގަބޫލުކޮށް ހައްގު ދޫކޮށްލުމަށް ނުވަތަ ކުޅުންތެރިޔާއަށް އެކަށީގެންވާ ހުށަހެޅުމެއް ހުށަހެޅުމަށް."
ގެލެކްސީއާއެކު އެއްބަސްވުމަކަށް އައުމަށްފަހު، އިންޓަ މަޔާމީން ވަނީ ކަސެމީރޯއާ އެކު 2027 ގެ ނިޔަލަށް އެއްބަސްވުމެއް ހަދައި، އޭނާ ސޮއި ކުރުވާފަ އެވެ.
މި އެއްބަސްވުން 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކުރުމުގެ ފުރުސަތު މަޔާމީ ބޭނުންނަމަ އެ ކްލަބަށް އޮންނާނެއެވެ.
މެންޗެސްޓާ ޔުނައިޓެޑްގައި ހަތަރު އަހަރު ޙޭދަކުރުމަށް ފަހު، ކަސެމީރޯ އެ ކްލަބް ދޫކޮށްލީ ކޮންޓްރެކްޓް ހަމަވުމުންނެވެ. ރެއާލް މެޑްރިޑްގެ ކުރީގެ މިޑްފީލްޑަރު ވަނީ ނިމިދިޔަ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމުގައި ކުޅެފަ އެވެ.
ކަސެމީރޯ ގެންދިއުމުގައި މަޔާމީން ގޯސްހަދާފައިވާކަމަށް ބުނެ މައްސަލަ ތަހްގީގަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ