ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ރާއްޖޭން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް ނިސްބަތްކޮށް ހޫޘީ ހަނގުރާމަވެރިން ކުރަމުންދާ ތުހުމަތުތަކާއި އިލްޒާމުތައް ދިވެހިރާއްޖޭން ކުށްވެރިކޮށްފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ޔަމަނުގެ ރައްޔިތުން ހިސާރުކުރަމުންދާ ކަމަށްބުނެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް ނިސްބަތްކޮށް ކުރަމުންދާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް ކުށްވެރިކޮށް އެ ގައުމުން ނެރެފައިވާ ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. ޔަމަނުގައި ސުލްހަ ގާއިމުކުރުމަށާއި އެ ގައުމުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ޔަމަނުގެ ގާނޫނީ ސަރުކާރާ ގުޅިގެންނާއި އދ.ގެ މަސައްކަތްތަކަށް އެއްބާރުލުން ދީގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ ދިގު މުއްދަތުގެ މަސައްކަތްތައް ރާއްޖެއިން ބަލައިގަންނަ ކަމަށް އެ ބަޔާނުގައިވެއެވެ. މީގެ އިތުރުން ޔަމަނުގެ ތަރައްގީއަށާއި އެ ގައުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާއިން މެދުކެނޑުމެއް ނެތި ކުރަމުންދާ މަސައްކަތް ވެސް ދިވެހި ސަރުކާރުން ފާހަގަކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާއާއެކު ގާތް ގުޅުމުގެ މަތީގައި ކަމަށާއި، ޔަމަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކަށް ރާއްޖެޭން ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ. https://sun.mv/224926 މިދިޔަ ހޯމަ ދުވަހު ހޫޘީން ވަނީ، ސައުދީން ޔަމަނު ހިސާރުކޮށް، އެ ގައުމުގެ ވަސީލަތްތައް އަތުލައި، ގައުމު ބަންދުކޮށްފައި އޮންނަތާ ގާތްގަނޑަކަށް 12 އަހަރުވެފައިވާ ކަމަށް ބުނެފައެވެ. އޭގެ ބަދަލެއްގެ ގޮތުން، ސައުދީއަށް ކަނޑުމަގުން ވިޔަފާރި ނުކުރެވޭ ގޮތަށް ހުރަސް އަޅާނެ ކަމަށް އެ ޖަމާއަތުން ވަނީ އިއުލާންކޮށްފައެވެ. ސައުދީން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެ ގައުމުގެ ބޯޓުތައް ހިމާޔަތް ކުރުމަށް، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ