ކޯޓުގެ ޑިވިޜަނެއް ނުވަތަ ފެސިލިޓީއެއް ޤާއިމްކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް: ސްޕްރީމް ކޯޓް

ކޯޓެއް ޤާއިމްކުރެވިފައިވާ ތަން ފިޔަވައި އެހެންތަނެއްގައި، ޝަރީޢަތް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޜަނެއް ނުވަތަ ފެސިލިޓީއެއް ހަމަޖެހިފައިވާ އުޞޫލުން ބޭރުން އެއްވެސް ފަރާތަކުން ޤާއިމްކޮށްގެން ނުވާނެކަމަށާއި އެ ފެސިލިޓީއެއް ޤާއިމްކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށް ސްޕްރީމް ކޯޓުން އަންގައިފިއެވެ.
ކޯޓެއް ޤާއިމްކުރެވިފައިވާ ރަށުން ބޭރުގައި އެ ކޯޓެއްގެ ޑިވިޜަނެއް ނުވަތަ ފެސިލިޓީއެއް ޤާއިމްކުރުމާގުޅޭ ގޮތުން ސްޕްރީމް ކޯޓުން ނެރެފައިވާ ސަރކިއުލަރގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 2009/01/SC ސަރކިއުލަރގެ ދަށުން ޝަރުޢީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި އިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅައި އިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުޞޫލެއްގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއްކަމަށް އެ ސަރކިއުލަރގައި ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.
ސްޕްރީމް ކޯޓުން މިފަދަ ނިންމުމެއް ނިންމައިފައިވަނީ ކްރިމިނަލް ކޯޓުގެ ބައެއް ދޫނިދޫގައި ތައްޔާރުކުރަމުން ގެންދާކަން އެކޯޓުންނާއި ފުލުހުން ހާމަކޮށްފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ