ފިލްމް އެވޯޑްސް: ނޮމިނޭޝަން އިއުލާނުކޮށްފި

ނުވަ ވަނަ ފިލްމު އެވޯޑްސްގައި މި އަހަރު އެވޯޑް ދޭން ނިންމާފައިވާ ކެޓަގަރީޓަކު ނޯމިނޭޝަންތައް އިއުލާނުކޮށްފި އެވެ.
މިރޭ އިއުލާނުކޮށްފައިވަނީ އެންމެ މޮޅު 5 އެކްޓަރު (އަންހެން)، އެންމެ މޮޅު 5 އެކްޓަރު (ފިރިހެން)، އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (އަންހެން)، އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (ފިރިހެން)، އެންމެ މޮޅު 5 ޑައިރެކްޓަރު (ފީޗާ ފިލްމް) އަދި އެންމެ މޮޅު ފަސް ފިލްމް (ފީޗާ ފިލްމް) އެވެ.
ފިލްމް އެވޯޑްސްގައި ވާދަ ކުރަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެކެވެ. ކުރު ފިލްމެއްގެ ގޮތުގައި ބައިވެރިކޮށްފައި ވަނީ "ކަނޑު އިބިލީސް" އެވެ.
އެވޯޑްސްގައި 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރު ނިިކުތް ބޮޑެތި ފިލްމުތައް ހިމެނެ އެވެ.
އެންމެ މޮޅު 5 އެކްޓަރު (އަންހެން)
މަރިޔަމް އައްޒަ (މީ ލޯތްބަކީ)މަރިޔަމް އައްޒަ (ހައްދު)އައިޝަތު ރިޝްމީ ރަމީޒް (ވިޝްކާ)މަރިޔަމް މަޖުދާ (ވަކިން ލޯބިން)ނުޒުހަތު ޝުއައިބް (މަލިކާ)
އެންމެ މޮޅު 5 އެކްޓަރު (ފިރިހެން)
މުހައްމަދު މުންތަސިރު (އިލް ނޮއިސް)ޔޫސުފް ޝަފީއު (ދެވަންސޫރަ)ރަވީ ފާރޫގު (ވިޝްކާ)މުހައްމަދު ޖަމިއްޔިލް ނިމާލް (ވަކިން ލޯބިން)އިސްމާއީލް ޒާހިރު (މަލިކާ)
އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (އަންހެން)
ފާތިމަތު އާޒިފާ (ބޮސް)ފައުޒިއްޔާ ހަސަން (ހައްދު)ފާތިމަތު އާޒިފާ (ދެވަންސޫރަ)ޚަދީޖާ އިބްރާހިމް ދީދީ (ވަކިން ލޯބިން)ނުޒުހަތު ޝުއައިބް (ވަކިން ލޯބިން)
އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (ފިރިހެން)
އިބްރާހިމް ޖިހާދު (ބޮސް)އަލީ އާޒިމް (ހައްދު)އަލީ އާޒިމް (ދެވަންސޫރަ)އިބްރާހިމް ޖިހާދު (ދެވަންސޫރަ)އަހުމަދު ސައީދު (ވިޝްކާ)
އެންމެ މޮޅު 5 ޑައިރެކްޓަރު (ފީޗާ ފިލްމް)
އިސްމާއީލް ނިހާދު (އިލް ނޮއިސް)އަބްދުލް ފައްތާހް (ހައްދު)ޔޫސުފް ޝަފީއު އަލީ (ދެވަންސޫރަ)ރަވީ ފާރޫގް (ވިޝްކާ)އަލީ ޝިފާއު (ވަކިން ލޯބިން)
އެންމެ މޮޅު ފަސް ފިލްމް (ފީޗާ ފިލްމް)
އިލް ނޮއިސްހައްދުދެވަންސޫރަވިޝްކާވަކިން ލޯބިން
ފިލްމު އެވޯޑްސް ހަފްލާ އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ