މިސްޓަރ ފިޓް ޒޯން 2017 ''ދި ހެމާ''ގެ އަހުމަދު ފަޒީލަށް
ޕްލޭޑޭ ވޯލްޑް މިސްޓަރ ފިޓް ޒޯން 2017ގެ މަގާމު 'ދި ހެމާ'ގެ އަހުމަދު ފަޒީލް (އަންމަޑޭ) ހޯދައިފިއެވެ. މިސްޓަރ ފިޓް ޒޯން މުބާރާތް މިދިޔަ އަހަރު ޑިސެންބަރު މަހު ބާއްވާ ގޮތަށް ކުރިން އޮތް ނަމަވެސް ބައެއް ކަންކަން ހުރި ގޮތުން ފަސް ކުރުމަށްފަހު މުބާރާތް ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ބޮޑީ ބިލްޑިންގް ކެޓަގަރީއާއި ފިޒީކް ކެޓަގަރީއެވެ. މުބާރާތުގެ ބޮޑީ ބިލްޑިންގް ކެޓަގަރީގައި ގިނަ އަދަދެއްގެ ބަޔަކާ ވާދަކޮށް އެއްވަނަ ހޯދީ ހެމާގެ އަހުމަދު ފަޒީލެވެ. އެ ކެޓަގަރީގައި ހަތަރު ބިދޭސީ އެތުލީޓުންވެސްވަނީ ވާދަކޮށްފައެވެ. ފިޓް ޒޯން 2017ގެ ފިޒީކް ކެޓަގަރީން އެއްވަނަ ހޯދާފައިވަނީ ލިއަމް ޖޯން (އެލްޖޭ) އެވެ. ވޭތުވެދިޔަ ދެ އަހަރުވެސް މިސްޓަރ މޯލްޑިވްސްގެ މަގާމު ހޯދީ ހެމާގެ އެތުލީޓުންނެވެ. އަދި 'ދި ހެމާ' އިންވަނީ މި އަހަރުގެ މުބާރާތަށް ނެރޭ ޒުވާން ދެ ބޮޑީ ބިލްޑަރުންގެ ގޮތުގައި ޔަޒްދާން މުހައްމަދު (17)އާއި ނައުޝާދު ނަސީރު (24) ހަމަޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ