ވަގަށް ނަގާފައިވާ ފައިސާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞޯލިހް، އިބޫގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ހޯދޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެސްޓީއޯގެ ތެލުގެ ވަގު ވިޔަފާރިން ހޯދާފައިވާ ފައިސާއާއި އެމްއެމްޕީއާރުސީގެ ވައްކަމުން ހޯދާފައިވާ ފައިސާގެ އިތުރުން އެމްއެންއޭ ތެރެއިން ކަޅުފައިސާ ދައުރުކޮށްގެން ހޯދާފައިވާ ފައިސާ ފޮރުވާފަހުރި ތަންތަން އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމެއްގައި ހޯދޭނެ ކަމުގައެވެ.STO ge theluge vagu viyafaarin hoadhi faisaa foruvaafai huri than thanaai, MMPRC in kuri vakkamauge faisaa foruvaafa huri thanthanaai adhi MMA therein kalhu faisaa dhauru koh ein negi faisaa foruvaafai huri thanthan iraadha kurehviyaa Hon. @ibusolih ge sarukaarun hoadhaane.— Mohamed Nasheed (@MohamedNasheed) August 23, 2018ނަމަވެސް މި މައްސަލާގައި ރައީސް ނަޝީދު ތުހުމަތު ކުރެއްވީ ކޮންބޭފުޅަކަށްކަން ސާފުކޮށް ވިދާޅުވެފައެއް ނުވެއެވެ.
ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދޭނެ ގާބިލްކަން އިދިކޮޅު ފަރާތްތަކުގައި ނެތްކަމަށް ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވިދާޅުވެފައިވަނިކޮށް އެ ފައިސާ ހުރި ތަނަކުން ހޯދާނެކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މިހައްމަދު ޞާލިހްވެސްވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަގަށް ގޮވަންވާނީ އެކަން ޝަރުޢީ ނިޒާމުގެ ތެރެއިން ސާބިތުކޮށްގެން ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭވަނީ ވިދާޅުވެފައެވެ.
ވަގަށް ނެގި ފައިސާ ހޯދޭނެ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ